އދ ދިގުރަށް: ފޮޓޯ/ ފްރޮމްޓައިނީ އައިލްސް
ހަބަރު
14 Mar 2025 | 12:21
ފީނުދައްކާ ފަތުރުވެރިން ދިގުރަށުން ބޭލުވި މައްސަލަ ބަލަނީ

އދ.ދިގުރަށަށް އެހެން ރަށްރަށުން ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ކައުންސިލްގެ އުސޫލާ އެއްގޮތަށް ފީ ނުދައްކާ ފަތުރުވެރިންނާއި ދޭތެރޭ ރަށު ކައުންސިލުން ކަންތައް ކުރާ ގޮތާއި ގުޅޭ ގޮތުގެ އިންކްއަރީއެއް ހިންގާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ކައުންސިލްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދިގުރަށު ކައުންސިލަށް ފީނުދައްކާ އުޅުނު ފަތުރުވެރިންތަކެއް މޫދުން އަރަން އެރަށު ކައުންސިލް ރައީސް އެންގި މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ދެތިން ދުވަހަކު މީސް މީޑިއާގައި އާއްމުވެފައިވާއިރު، އެކަމާއި ގުޅިގެން އެއްބައި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

ފީ ނުދައްކާކަމަށް ބުނެ ދިގުރަށުން ފަތުރުވެރިންތަކެއް ފޮނުވާލަނީ: ފޮޓޯ/ ދައުރުވާ ވީޑިއޯގެ ސްކްރީންޝޮޓެއް

އެ މައްސަލާގައި މިނިސްޓަރ އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި މިކަން ހިނގި ގޮތް ދެނެގަތުމަށް އިންކްއަރީއެއް ކުރިއަށް ގެންދާނަން ކަމަށެވެ.

"ރަށްތަކުގެ އާންމު މިންގަނޑުތައް ހިފެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިންނަށް އެކަށީގެންވާ މެހެމާންދާރީ އަދާކުރުމަށް ރަށްތަކަށް ބާރުއަޅަން. މި މިންގަނޑުތައް ދެމެހެއްޓުމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ ކުރިއެރުމަށްޓަކައި ކަމާގުޅޭ އެންމެހާ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރާނަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ދިގުރަށު ކައުންސިލްގެ ގަވާއިދުގައި ވާގޮތުން، އެރަށު ތުނޑި އާއި ރަށުގެ ގޮނޑުދޮށަށް ކައިރި ކުރާނަމަ ބޮލަކަށް 3 ޑޮލަރު ދައްކަންޖެހެއެވެ. އަދި ސަފާރީތަކުން އަންނަ ފަތުރުވެރިން ތުނޑީގައި މަޑުކޮށް ބާބަކިޔު ހަދާ ނަމަ، 5 ޑޮލަރު ދައްކަން ޖެހެއެވެ. 

މީގެ އިތުރުން، ރަށުގައި ތިބޭ ފަތުރުވެރިން ވެސް، އެ ކަމަށް ހާއްސަކޮށްފައި އޮންނަ ބީޗު ސަރަހައްދު ނޫން އެހެން ބީޗު ތަކަށް ދާ ނަމަ ފީ ދައްކަން ޖެހެއެވެ. 

ކޮމެންޓް
އަޑިކޮންނަ
ފަތުރުވެރިންވިޔަސް ފަތުރުވެރިންވިޔަސް ރަށްރަށުގާ ތިބެވޭނީ އެރަށެއްގައި ކަނޑައަޅާފައިވާއސޫލުތަކާ ގަވާއިދުތަކާ އެއްގޮތަށް. އެމީހުން ދައްކަންޖެހޭ ކުލި ނުދައްކައި ކީއްވެތޯ އެންކުއަރީއެއް ހަދައިގެން ބަލަންޖެހޭނީ އެންމެ ފުރަތަމަ.
14 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.