ދިގުރަށުބީޗް... ފޮޓޯ: 1001 ބީޗް
ހަބަރު
15 Mar 2025 | 09:25
ފަތުރުވެރިން ބޭރުކުރުމަށް މަސައްކަތްކޮށްފައެއް ނުވާނެ.މައުލޫމާތު ގޯސް: ދިގުރަށު ކައުންސިލް

ފީ ނުދައްކައިގެން ފަތުރުރުވެރިންތަކެއް ރަށުން ބޭރުކުރަން އުޅުނުކަމަށް ބުނެ ބައެއް މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދިގުރަށު ކައުންސިލްގެ އިދާރާއިން ދޮފުކޮށްފިއެވެ.

ބައެއް މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އިއްޔެ ވަނީ ދިގުރަށު ކައުންސިލުން އެރަށު އަތިރިމަތީގައި މޫދަށް އެރިއުޅުނު ފަތުރުވެރިންތަކަކާ މުއާމަލާތްކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ދައުރުވެފައެވެ. އެ ވީޑިއޯއާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ބުނެފައިވަނީ ކައުންސިލުން މަސައްކަތްކުރީ ފީ ނުދައްކައި މޫދަށް އެރިއުޅުނު ފަތުރުވެރިންގެ ބަޔަކު ރަށުން ބޭރުކުރަން ކަމަށެވެ.

މިކަމާ ގުޅިގެން ދިގުރަށު ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދައުރުވަމުންދާ ވީޑިއޯއާ ގުޅުވައިގެން ބައެއް މީޑިއާތަކުގައި ފަތުރަމުންދަނީ ކަމުގެ ހަޤީޤަތް އޮޅުވާލައި އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ.

ދިގުރަށު ކައުންސިލުން ބުނީ ރަށުގެ ބަނދަރު ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް އިންޖީނުއެޅި އުޅަނދު ކައިރިކުރެވޭނެ ހަމަތަކަކާއި އުސޫލްތަކެއް އޮންނަކަމަށެވެ. އަދި ބީޗް ބޭނުންކުރުމުގައިވެސް އުސޫލްތަކެއް ގެންގުޅޭކަން ފާހަގަކުރަމުން ކައުންސިލުން ބުނެފައިވަނީ، ރަށުގެ އެކި ސަރަހައްދުތަކަށް ފައިބާ ފަތުރުވެރިން ނިވާކަންކުޑަ ހެދުމުގައި ތިބުމަކީ ދިގުރަށު ރައްޔިތުން ވަރަށް ކަންބޮޑުވާ އަދި ނުރުހޭ ކަމަކަށްވުމާއި، މިރަށަކީ މީހުން ދިރިއުޅޭރަށެއް ކަމުން، އެފަދަ ކަންކަން ބަލައި ހުއްޓުވުމަކީ ކައުންސިލުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ވީޑިއޯގައި ފެނިގެންދިޔަ ކަމަށްބުނާ ކަންކަމާ ގުޅޭގޮތުން ކައުްނސިލުން ބުނީ، އެންމެ ފުރަތަމަ މަސައްކަތްކުރީ އުސޫލާހިލާފަށް ދިގުރަށު އަތިރިމަތީ ސަރަހައްދަށް ކައިރިކުރި ޝެޑޯޕާމް މޯލްޑިވްސްގެ ލާންޗެއް އެސަރަހައްދުން ފޮނުވާލުމަށާއި، އެލާންޗުން ދަތުރުކުރި ފަތުރުވެރިން ނިވާކަން ކުޑަ ހެދުންތަކުގައި ތިބުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް ލާންޗްގެ ކުރޫއިންނަށް ނަސޭހަތްތެރި ވުމުން އެކަން އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. އަދި ފަތުރުވެރިންނާ މުއާމަލާތްކޮށްފައިވާނީ، ނިވާކަން ކުޑަ ހެދުމުގައި މޫދަށް އެރުމަކީ މަނާކަމެއްކަމަށް އަންގައިދޭންކަމަށާއި، ފަތުރުވެރިން ރަށުން ބޭރުކުރުމާ ގުޅޭގޮތުން އެފަރާތްތަކާ މުއާމަލާތްކޮށްފައި ނުވާނޭކަމަށް ކައުންސިލުން ބުންޏެވެ.

މި ބަޔާނުގައި ދިރުރަށު ކައުންސިލުން ވަނީ މާފުށިން ފަތުރުވެރިން ގޮވައިގެން ދިގުރަށަށް އަންނަ ލާންޗްތަކުން ތަކުރާރުކޮށް މިފަދަ އަމަލުތައް ހިންގަމުންދާކަމަށް ބުނެފައެވެ. އަދި މިގޮތަށް އަންނަ ލާންޗްތަކުން ފަހަކަށް އައިސް އަމަލުކުރަމުންދާ ގޮތަކީ، ބީޗް ސަރަޙައްދަށް ފަތުރުވެރިން ބޭލުމަށްފަހު ލާންޗް ބޭރުކޮށް ކައުންސިލްގެ ސްޓާފުންނަށް، ލާންޗްތަކުގެ ކުރޫއިންނާއި މުއާމަލާތު ނުކުރެވޭގޮތް ހެދުން ކަމަށެވެ. މިފަދަ ހާލަތްތަކުގައި ސީދާ ފަތުރުވެރިންނާއި މުޢާމަލާތު ކުރަންޖެހި ކައުންސިލުން އެކަން ކުރަމުން ގެންދާކަން ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ހުއްދަ ނުހޯދައި އަންނަ ލޯންޗްތަކުން އެސަރަހައްދު ވެއްޓަށް ގެއްލުންވާގޮތަށް ކަންކަން ކުރަމުން އަންނަ ކަމަށާއި، އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތް ދެވިފައިވާކަން ފާހަގަކޮށްފައެވެ. ދިގުރަށު ކައުންސިލުން ބުނީ، އެ ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތައް ތަންފީޒްކޮށް ނެގެހެއްޓުމަށްޓައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ދެމިތިބޭނޭކަމަށެވެ.

ކޮމެންޓް
ޢަހްމަދު
އަހަރެމެން ކުޑައިރު މާލެ އަރަން ކުޑަސިޓީ ބޭނުންވޭ. މިހާރު އެ ނާތަހްޒީބު ގޮތް އުވާލައިފި. ދިގު ރަށު މީހުން ތަހްޒީބު ވާން ޖެހޭނީ
15 Mar 2025
އަހުމަދު
ކަލޭމެން ދެމިތިބޭ އަހަރެމެން މިއަންނަނީ ވެލި ގެންދާ ބޯޓުގަ މިފަހަރު ރަށާ ތުނޑި ޔާ ވަކި ކޮއްލާނަށް ތިޔައުޅެނީ އަތުގަ ހޭކޭތީ ދަތުގަ ހޭކޭލެއް މަދުވެން.
15 Mar 2025
ާއަހުމަދު ދޮންއަމާ
ނުވާނެ ބުރޯ. ގިވް އަ ޓްރައި
15 Mar 2025
އާދަމު އޖއ
މިތަނުގަ ކޮމެންޓްތައް ކުރާމީހުން ހާދަގަމާރޭ ، ވާނުވާ އެނގިގެން ކޮމެންޓް ކުރުންބުއްދިވެރި..
15 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.