ޔުކްރެއިނުގެ އަވަށެއްކަމަށްވާ އިޒިއުމް ސުންނާފަތިވެފައި.. ފޮޓޯ: ޔޫއެން
ދުނިޔެ
15 Mar 2025 | 22:02
ރަޝިއާ ޔުކްރެއިން ހަނގުރާމައަށް ތިން އަހަރު: ލިބުނު ގެއްލުން ޓްރިލިއަނުން ގުނާލެވޭ!

ބަލަންތިއްބައި ރަޝިއާ ޔުކްރެއިން ހަނގުރާމައަށް ތިން އަހަަރުވެގެން ދިޔައީއެވެ. ސްވިޒަރލެންޑްގައި ނިމިގެންދިޔަ ވަރލްޑް އިކޮނޮމިކް ފޯރަމްގައި އެންމެބޮޑަށް ވާހަކަދެކެވިގެންދިޔައީ ރަޝިއާ ޔުކްރެއިން ހަނގުރާމައާ ގުޅޭގޮތުންނެވެ. މިހާތަނަށް ލިބުނު ގެއްލުންތަކާއި، ލިބެމުންދާ ގެއްލުންތަކާއި، ދެން ކުރިއަށް ވާންއޮތް ގޮތެވެ. ފޯރަމްގައި އެންމެބޮޑަށް ވާހަކަދެކެވުނީ ރަޝިއާ ޔުކްރެއިން ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުންނެވެ. އެކަމަށްޓަކައި ޤައުމުތައް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވަނީ މުހިއްމު ވާހަކަތަކެއް ދެކެވިފައެވެ. އަދި ދެ ޤައުމުންވެސް ގޮތްދޫކޮށް ހަނގުރާމަ ހުއްޓާލުމަށް މި ފޯރަމްގެ ތެރެއިން ވަނީ ގޮވާލާފައެވެ.

ވަރލްޑް އިކޮނޮމިކް ފޯރަމްގައި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ މުހިއްމު އަދަދުތަކެއް ހާމަވެގެންދިޔައިރު، މި ހަނގުރާމަ ވެގެންދިޔައީ ކުރިން ހީކުރިގޮތަށް ގެއްލުން ބޮޑު ހަނގުރާމައަށެވެ. ހަނގުރާމައަށް 3 އަހަރު ފުރިގެންދިޔައިރު، މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ލިބުނު ގެއްލުންތައް 3 ޓްރިލިއަން ޑޮލަރަށްވުރެ ބޮޑެވެ. ހަނގުރާމައިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެންމެ މަދުވެގެންވެސް ދެ ޤައުމުން 500 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަވާނޭކަމަށް ވަނީ ލަފާކޮށްފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ކާބޯތަކެތީގެ އަގުތައްވަނީ އިންތިހާއަށް އުފުލެން ފަށާފައެވެ. ދެ ޤައުމުގެ ދެމެދުގައި ހަނގުރާމަ ފެށުމާއެކު އދގެ ކާބޯތަކެއްޗާބެހޭ އިދާރާއިން ވަނީ ދުނިޔެ ކާބޯތަކެއްޗަށް ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. އެގޮތުން މިކަމުގައި އެންމެބޮޑު ދަތިކަމެއް ފޯރާނީ އެފްރިކާގެ ޤައުމުތަކަށްކަމަށް އދ ގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ޔުކްރެއިންގެ ދަނޑަކުން މައިން ހޯދުމުގައި... ފޮޓޯ: ސޯޕާ އިމޭޖް

ޔުކްރެއިނަށް ބަލާއިރު، އެޤައުމަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ އަދަދަކަށް ގޮދަންފުށް އެކްސްޕޯޓްކުރާ ޤައުމެވެ. މީގެ އިތުރުން ޔުކްރެއިނަކި އެންމެ ގިނައިން ކައްކާތެއޮ އެކްސްޕޯޓްކުރާ ޤައުމަކީވެސް ޔުކްރެއިނެވެ. ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގެ ބަނދަރުތައް ބަންދުވެފައިވާއިރު، މިތަކެތީގެ އަގުތައް ވަނީ ޔޫރަޕްގެ އިތުރުން ބައިނަލްއަޤްވާމީ ބާޒާރުގައިވެސް މީގެކުރިން މައްޗަށް ނުދާހާ ވަރަށް މައްޗަށްގޮސްފައެވެ. އދ ގެ ކަމާބެހޭ ޖަމިއްޔާއިން ބުނީ ރަޝިއާ ޔުކްރެއިން ހަނގުރާމައާ ގުޅިގެން ކާބޯތަކެތީގެ އަގުތައް 12 އިންސައްތައަށް އުފުލިފައިވާއިރު، 1990 އަހަރުގެ ފަހުން މިވީހާތަނަށް މި މިންވަރަށް ކާބޯތަކެތީގެ އަގުތައް މައްޗަށްގޮސްފައެއް ނުވެއެވެ. 

ރަޝިއާއަށް ބަލާއިރު އެޤައުމަކީ އެންމެގިނައިން ހަކަތައިގެ ގޮތުގައިބޭނުންކުރާ ތެލާއި، ޕެޓްރޯލިއަމްގެ ބާވަތްތައް އެކްސްޕޯޓްކުރާ އެންމެ ބޮޑު އެއް މާކެޓެވެ. ރަޝިއާއިން ޔުކްރެއިނަށް ހަމަލާދޭން ފެށުމާއި ގުޅިގެން އެމެރިކާ އާއި ޔޫރަޕުން ވަނީ ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ތެއޮގަތުން މުޅިންހެން ހުއްޓާލާފައެވެ. 

ޔުކްރެއިން ސިފައިން ކިއޭވްގެ މަގެއްގައި ފޯރިމަރަނީ..ފޮޓޯ: އޭޕީ

ރަޝިއާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގައި ޔުކްރެއިނުން އެކަނިވެސް މިހާތަނަށް 12،500 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، 2 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ހަނގުރާމައިގައި މިހާތަށް ޔުކްރެއިނުން އެކަނިވެސް  45،000 ހާހަށްވުރެ ގިނަ ސިފައިން މަރުވެފައިވާއިރު، 390,000 ހާހަށްވުރެ ގިނަ ސިފައިން ވަނީ ޒަހަމްވެފައެވެ. 

މި ހަނގުރާމައިގައި ރަޝިއާގެ 172،000 ސިފައިން މަރުވެފައިވާއިރު، 783،000 ސިފައިން ވަނީ ޒަހަމްވެފައެވެ. ރަޝިއާގެ 9,859 ޓޭންކަރު ހަލާކުވެފައިވާއިރު، 20.549 މިލިޓަރީ ވެހިކަލް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން 50 ހަށްވުރެ ގިނަ އަސްކަރީ ވައިގެ އުޅަނދުތަކާއި 28 ކަނޑުއުޅަނދު ވަނީ ހަލާކުވެފައެވެ. މީގެ ތެރޭގައި ސަބްމެރިނާއި، މަނަވަރު ހިމެނެއެވެ.

ހަނގުރާމައަށް ތިން އަހަރުވެގެންދިޔައިރު ރަޝިއާއިން ވަނީ ޔުކްރެއިންގެ 28 އިންސައްތަ އެޤައުމުގެ ބާރުގެ ދަށަށް ގެންސްފައެވެ. މީގެ ތެރެއިން ރަޝިއާގެ ބާރުގެ ދަށަށް ގެނައި ގިނަ އަވަށްތައް މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.