އުރީދޫ ކަރާފެޅުން ޗެލެންޖް ޕޯސްޓަރ: ޕޯސްޓަރ/އުރީދޫ
ވިޔަފާރި
16 Mar 2025 | 14:49
އުރީދޫ ކަރާ ފެޅުން މީމް ޗެލެންޖްގައި ބައިވެރިވެގެން މެލޭޝިއާ ދެކޮޅު ޓިކެޓު

އުރީދޫ ކަރާ ފެޅުން މީމް ޗެލެންޖްގައި ބައިވެރިވެގެން މެލޭޝިއާ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރަމަޟާން މަހު އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރި ކަރާ ފެޅުން ގޭމާއި ގުޅިގެން ކަސްޓަމަރުންގެ އުފެއްދުންތެރި އަދި މަޖާ މީމްތައް މީސްމީޑިއާގައި އާއްމުވާން ފަށާފައުވާއިރު، މިކަމާއި ގުޅިގެން އުރީދޫ ކަރާ ފެން މީމް ޗެލެންޖް ވަނީ އިއުލާނު ކޮށްފައެވެ.

މި ޗެލެންޖުގައި އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުމަށް ކަސްޓަމަރުން ކުރަމުންދާ ކަންކަމުގެ މަޖާ މީމްސް، ރީލް ނުވަތަ ޖިފް ބައިވެރި ކުރެވޭނެ ކަމަށާ އަދި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއަރ މެދުވެރިކޮށް މެލޭޝިއާ ދެ ޓިކެޓް( ދެކޮޅު) ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން މިއަދު ވަނީ އިއުލާން ކޮށްފައެވެ. 

ކަރާ ފެޅުން މީމް ޗެލެންޖް ގައި ބައިވެރިވުމުގެ ފުރުސަތު މާރިޗު މަހުގެ 31 ވަނަ ދުވަހުގެ 11:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. 

ޗެލެންޖުގައި ބައިވެރި ވުމަށް:

1) އެންޓްރީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން

2) ހޭޝްޓެގް #OoredooKaraaFelhun ބޭނުންކޮށްލާ 

3)  ޓެގް @ooredoomaldives އަދި @conciergegroupmaldives.mv

އުރީދޫއިން ބުނީ، ރާއްޖޭގައި ބަޓިކް އެއާގެ އެކްސްކްލޫސިވް ޖެނެރަލް ސޭލްސް އެޖެންޓް ކޮންސިއާޖް ގްރޫޕް މޯލްޑިވްސް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި ޗެލެންޖަށް ހުށައަޅާފައިވާ އިނާމާއެކު މި ޗެލެންޖު އިތުރަށް ފުރިހަމަވެގެން ދާ ކަމަށެވެ. އަދި މި ޗެލެންޖެ މެދުވެރިކޮށް ކަސްޓަމަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.