އިސްރާއިލުން ފަލަސްތީނަށް ބޮން އަޅަން ފެށުން: ފޮޓޯ/ ފަލަސްތީން އޮންލައިން
ދުނިޔެ
18 Mar 2025 | 09:16
އިސްރާއިލުން އަނެއްކާވެސް ޣައްޒާއަށް ބޮން އަޅަން ފަށައިފި؛ ހިނދުކޮޅެއްގެރޭ 200 މަރު!

ޤަތުލުޢާއްމު ހުއްޓާލުމަށް އިސްރާއީލުން ވި އެއްބަސްވުން ނިމުމަކަށް ގެނެސް، ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި މިއަދު ފަތިހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި މަދުވެގެން 77 މީހުންނާއި، އުތުރުގައި އޮންނަ ޣައްޒާ ސިޓީގެ މަދުވެގެން 20 މީހުން ހިމެނެއެވެ.

ޝަހީދުވި ބައެއް މީހުންގެ ހަށިތައް: ފޮޓޯ/ ފަލަސްތީން އޮންލައިން

މިކަމުގެ ބަހަނާއެއް ކަމުހައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނީ، ޤަތުލުޢާއްމު ފެށިލީ ހަމާސްއިން އިސްރާއީލުގެ އަސީރުން ދޫކޮށްނުލުމާއި، ޤަތުލުޢާއްމު ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްނުވުމާ ގުޅިގެންނެވެ. އަދި މި ހަމަލާތައް ފަށާފައިވަނީވެސް ހަމާސްއާ ދެކޮޅަށް ކަމަށް ބުނެފައިވެއެވެ. 

"އިސްރާއީލުން ހަމާސްއާ ދެކޮޅަށް ދެން ބޭނުންކުރާނީ ސިފައިންގެ ބާރު،" އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވެއެވެ.

ހަމަލާތަކާއި ގުޅިގެން، ހަމާސްއިން ބުނެފައިވަނީ އިސްރާއީލުގެ މި ހަމަލާތަކަލާތަކަކީ ޖެނުއަރީ 19 ގައި ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުން އިސްރާއިލުން ނިމުމަކަށް ގެނައުން ކަމުގައެވެ.

ކުއްލިއަކަށް ދޭން ފަށާފައިވާ މި ވަރުގަދަ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ސިހުން ގެނުވައި، އެމީހުން ތިބީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ. 

ޝަހީދުވި ބައެއް މީހުންގެ ހަށިތައް: ފޮޓޯ/ ފަލަސްތީން އޮންލައިން

އެގޮތުން ގާޒާގެ ޓީޗަރެއް ކަމަށްވާ އަހްމަދު އަބޫ ރިޒްޤް ވިދާޅުވީ އޭނާއާއި އޭނާގެ އާއިލާއަށް ރޭ ހޭލެވުނީ "އިސްރާއީލުގެ ހަމަލާތަކުގެ އަޑުތަފަށްގަނޑަށް" ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބިރުގަތް. އަޅުގަނޑުމެންގެ ކުދިން ވެސް ބިރުގަތް. އަޅުގަނޑުމެންގެ ގާތްތިމާގެ މީހުން އަޅުގަނޑުމެންގެ ހާލު ބަލަން ގުޅަމުންދިޔަ. އެމްބިއުލާންސްތައް އެއް މަގުން އަނެއް މަގަށް ދުއްވަމުން ދިޔަ،" އަބޫ ރިޒްޤް އަލްޖަޒީރާއަށް ވިދާޅުވިއެވެ.

އަދި އެކިއެކި އާއިލާތަކުން އެމީހުންގެ "ދަރިންގެ ހަށިގަނޑުގެ ބައިތައް" ހިފައިގެން ހޮސްޕިޓަލަށް މިސްރާބު ޖަހާފައިވާތަންވެސް ފެނުނު ކަމަށް ވިދާޅުވިއެވެ. 

ނިރުބަވެރި އިސްރާއިލުން ހަމަލާތައް ފެށުމުގެ ކުރިންވެސް، އެމީހުން ވަނީ ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށާފައެވެ. އެގޮތުން، ޣައްޒާއިން ބޯފެނާއި، ކާބޯތަކެއްޗާއި، ކަރަންޓުގެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ. އޭގެ ސަބަބުން މި ރޯދަމަހުގައިވެސް ޣައްޒާގެ ރައްޔިތުން އުޅެމުންއައީ ވަރަށް ދަތި ހާލުގައެވެ: 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.