ހައިކޯޓުގެ އިސް ފަނޑިޔާރު ޝަހީދު: ފޮޓޯ/ ހައި ކޯޓު
ހަބަރު
18 Mar 2025 | 13:01
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރަން ފެންނަކަމަށް ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.

ޝަހީދު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ރައީސް މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވައި މި މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

އެއަށްފަހު، މިއަދު ހެނދުނު 11:45 ގައި ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ޝަހީދަށް ރުހުން ދިނުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވަނީ ތާއީދު ކުރައްވާފައެވެ. 

އެއާއެކު ޝަހީދަށް ރުހުން ދޭން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމަށްފަހު ކޮމިޓީ ބައްދަލުވުން ވަނީ ނިންމައިލާފައެވެ. 

އޭސީސީން ޖިނާއީ ތަހުގީގެއް ފެށުމާއެކު ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރޭގައި ހުސްނުއްސޫއުދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މައްސަލަ ބަލަަން ފެށުމުން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނުފޫޒު ފޯރުވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.

ސުއޫދު އިސްތިއުފާ ދެއްވުމުން ހުސްވި ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލި އެވެ. ދެ ފަހަރެއްގެ މަތީން ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލް ރުސްދުالله އިބްރާހީމެވެ.

އެ ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީން ނިންމީ ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހަމަޖައްސަވަން، ރައީސަށް ލަފާ ދެއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.