ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ: ފޮޓޯ/ ގޫގުލް
ދުނިޔެ
19 Mar 2025 | 07:10
ޤަތުލްޢާއްމު އަލުން ފެށުން؛ ހާމަކޮށްދިނީ ޔަހޫދީންނަކީ އެއްބަސްވުންތަކާ ޚިލާފްވާ މުނާފިގުންކަން!

2023 ވަނައަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުންފެށިގެން މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަދުވަހާ ހަމައަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާޢަތް، އިސްރާއިލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލްޢާއްމު މެދުކަނޑާލަން އެ ޖަމާޢަތުން އެއްބަސްވެފައިވަނީ ގިނަ މަޝްވަރާތަކެއް އަރަބި ގައުމުތަކާއި އެމެރިކާއާއި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާޢަތާއެކު ކުރުމަށްފަހުގައެވެ. 

މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، އިސްރާއިލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ މުސްލިމުން ދޫކުރުމަށާއި، ހަމާސްގެ ދަށުގައި ތިބި އިސްރާއިލުގެ މީހުން ދޫކުރުމަށް ނިންމިއެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި، ބޭސްފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް އެއްބަސްވެވުނެވެ.

މިފަދައިން އެއްބަސްވެވުނު ނަމަވެސް، ނަތަންޔާހޫ ހުރީ އެއްބަސްވުމަށް ޢަމަލުކުރަން ތައްޔާރަށް ނޫން ކަމަށާ، ވަކި ހިސާބަކުން އެއްބަސްވުމާއި ދެކޮޅަށް ކަންކަން ކުރިއަށްދާނެ ކަމުގެ އިޝާރާތްތައް ފުރަތަމަ ދުވަހުން ފެށިގެންވެސް އިސްރާއިލުން ވަނީ ދީފައެވެ. 

އިސްރާއިލުން އަލުން ގަތުލްއާއްމު ފަށައި ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިތައް

އެގޮތުން، ޖަނަވަރީ 19 ވަނަ ދުވަހުން ފެށިގެން މި މާރިޗު މަހުގެ 17 ވަނަދުވަހުގެ ނިޔަލަށް، އިސްރާއިލުން ވަނީ އެކި ގޮތްގޮތުން ޣައްޒާގެ ރައްޔިތުންނަށް ޖެއްސުންކޮށް އަނިޔާކޮށްފައެވެ. އަދި ޣައްޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމަށް އެއްބަސްވެފައި ވީ ނަމަވެސް، އެ ވޭތުވި ދެމަސް ދުވަހުގެ ތެރޭގައިވެސް ޣައްޒާއަށް ބޮން އަޅައި، ހަމަލާތައް ދީ، 170 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. 

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ސިއްހީފަރުވާ ހޯދޭނެ މަގުތައް ހުޅުވާލުމަށް އެއްބަސްވުމުގައި ލިޔެވިފައި ވީ ނަމަވެސް، މާރިޗުމަހުގެ 2  ވަނަ ދުވަހުން ފެށިގެން އެ ޚިދުމަތްތައް އެ ސިޓީއަކަށް ނުލިބެއެވެ. އެގޮތުން، ޣައްޒާގެ 2.1 މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭސް ފަދަ ޒަރޫރީ ވަސީލަތްތައް އެތެރެކުރެވެން ހުރި މައި ދޮރުތައް އިސްރާއިލުން ބަންދުކުރި އެވެ.

އިސްރާއިލުން ޝަހީދުކޮށްލާފައިވާ މީހެއްގެ ހަށިގަނޑު ކައިރީ އާއިލާއިން ހިތާމަފާޅުކުރަނީ

އަދި ޣައްޒާއަށް ތެލާއި ގޭސް، ފޯރުކޮށްދިނުން ހުއްޓުވައި ކަރަންޓްގެ ޚިދުމަތްވެސް މެދުކަނޑާލިއެވެ. މިކަން ކަމުގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގަމުންއައި 22 ބޭކަރީގެ ތެރެއިން 6 ބޭކަރީއެއް ބަންދުކުރަންޖެހި، ދެންހުރި ބޭކަރީތައްވެސް ހިންގުމަށް ދަތިވެގެންދިޔައެވެ. 

މީގެ އިތުރުން، ޤަތުލްޢާއްމު މެދުކަނޑާލާފައި އޮތް އިރުވެސް، އިސްރާއިލުން ވަނީ، ޣައްޒާގައި އެމީހުންގެ އޮފީހެއް ހުޅުވައި، ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށް، އެތަންތަނަށް އިސްރާއިލުން ވެރިވެގަތުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތައްޔާރުވަމުންނެވެ. އިސްރާއިލުގެ މި ޕްލޭނަށް އެމެރިކާގެ އެހީތެރިކަން ފުރިހަމަށް ލިބުނެވެ.  

އެހެންކަމުން، ޤަތުލްޢާއްމު މެދުކަނޑާލަާފައި އޮތް މުއްދަތުގެ ތެރޭގައިވެސް، އިސްރާއިލުން ވަނީ، ހާހަކަށްވުރެ ގިނަފަހަރު އެއްބަސްވުމާއި ޚިލާފުވެފައި ކަމަށް ޣައްޒާއިން ވަނީ ބުނެފައެވެ. 

އިސްރާއިލުން ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިތައް ކައިރީ އާއިލާއިން ހިތާމަފާޅުކުރަނީ

އަދި މިމަހު 18 ވަނަ ދުވަހު އިސްރާއިލުން ވަރުގަދައަށް ޤަތުލްޢާއްމު ފަށާފައި މިވަނީ، ހަމާސްގެ ދަށުގައި ތިބި އިސްރާއިލްގެ ގައިދީން ދޫކުރާނެ ކަމަށް ހަމާސްއިން ބުނަމުންދަނިކޮށެވެ. 

ކަންމިހެން ހުރުމުން، 48،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، އެތައް ހާސް ބަޔަކު ޒަޚަމްކޮށްލައި، މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށްލުމަށްފަހު، ޤަތުލްޢާއްމު މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް، އެ އެއްބަސްވި މުއްދަތުގެ ތެރޭގައި އެއްބަސްވުމާއި އެއްގޮތަށް ޔަހޫދީން ޢަމަލުކޮށްފައި ނުވާކަން އެނގިހާމަވެގެން ދެއެވެ. އެހެންކަމުން، މިކަމުން ވެސް ޔަހޫދީންނަކީ އަބަދުވެސް އެއްބަސްވުންތަކާއި ޚިލާފްވާ މުނާފިގު ބައެއްކަން ވަނީ ސާބިތުވެފައެވެ. 

. 

ކޮމެންޓް
ދަންޑަހިލު
ޢަރަބިންގެ ތެރޭގަކަނޑުކޮހުން އުޅޭތީޙައިރާނެއްނުވެ.ބަލަގަ ފިރުޢައުނުކިންގުޑަމަކަށްދުވަހަކުވެސް މުސްލިމުނަކާއިއެކު އެއްގަލަކަށްްއަރާނެތޯހަމައަހާލީ
19 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.