އިއްޔެގެ ހަމަލާގައި ޝަހީދުވި ދެކުދިންނާއި ޑޮކްޓަރ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
19 Mar 2025 | 11:20
އިއްޔެ އިސްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި ބައެއް ކުދިންނާއި މީހުންގެ ވާހަކަ އާއިލާގެ ދުލުން!

ނިރުބަވެރި އިސްރާއީލުގެ ސިފައިން ވަނީ އިއްޔެ ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޮން އަޅަމުން ގޮސް، 409 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައި، 500 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލާފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭތީ، ޝަހީދުވާ މީހުންގެ އަދަދު އިތުރަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އިއްޔެގެ ހަމަލާތަކާއެކު ފަލަސްތީނުގެ އެތައް ޢާއިލާތަކެއް އެކުއެކީ މި ދުނިޔެމަތީން އަނެއްކާވެސް ވަނީ ފުހެލެވިފައެވެ.

އިސްރާއީލުގެ ބޮންއެޅުމުގެ ޙަމަލާތައް ފެށުނީ އެއްވެސް އިންޒާރެއް ނެތިއެވެ. އެގޮތުން ނިދާފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ފަތިހު ހޭލެވުނީ ބޮމުގެ އަޑުފަށްގަނޑާއެކުއެވެ. ފެންނަމުންދިޔައީ، ހަލާކުނުވެ ހުރި މަދު އިމާރާތްތަކާއި ވެފައި ހުރި އިމާރާތްތައްވެސް އިތުރަށް ބިމާއި ހަމަވެފައިވާ ތަނެވެ. 

އިއްޔެ ޣައްޒާގެ ހާލަތު އޮތްގޮތް ދައްކުވައިދޭ އެތައް ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު އެއިން ފެންނަމުންދަނީ މީހުންތައް މަގުތަކުގައާއި ހަލާކުވެފައިވާ ގޭގެ ތެރެއިން އެމީހުން ލޯބިވާ މީހުން ހޯދަމުންދާ މަންޒަރެވެ.

ޣައްޒާ ސިޓީގައި ޢާއިލާއެއް ޝަހީދުކޮށްލެވުނު

ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރގެ ޗެއަރމަން ރާމީ އަބްދޫގެ ދައްތައާއި ދައްތަގެ މުޅި ޢާއިލާ ވަނީ އިއްޔެ ފަތިހު 4:30 ހާއިރު ޣައްޒާ ސިޓީގެ އުތުރުގައި އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ބޮން އެޅުމުން ޝަހީދުވެގެން ގޮއްސައެވެ.

އޭނާ ބުނި ގޮތުގައި ދައްތަ ނަސްރީނާއި އޭނާގެ ދަރިން ކަމުގައިވާ އުބައިދާ، އުމަރު އަދި ލިއާން ވަނީ ޝަހީދުވެފައެވެ. އަދި އުބައިދާގެ އަނބިކަނބަލުން މަލަކާއި އެމީހުންގެ ކުޑަކުދިން ކަމުގައިވާ ސިވާރާއި މުޙައްމަދުވެސް ވަނީ އެ ހަމަލާގައި ޝަހީދުވެފައެވެ.

މި ޢާއިލާ ވަނީ މި ވޭތުވެދިޔަ އެތައް އަހަރެއްގެ މަތީން އިސްރާއީލުން ދީފައިވާ އެތައް ޙަމަލާއަކުން ސަލާމަތްވެފައެވެ. އަދި މި ޤަތުލުޢާއްމުގެ ކުރީކޮޅު އެމީހުންގެ ގެއާއި މުޅި ސަރަޙައްދު ވަނީ އިސްރާއީލުގެ ބޮންތަކުން ހަލާކުވެފައެވެ.

"އިސްރާއީލަށް އަޅުގަނޑުމެން މަރާލެވިދާނެ. އަޅުގަނޑުމެން ދިރިހުއްޓާ އަންދާލެވިދާނެ. އަދި އަޅުގަނޑުމެން ފުނޑުފުނޑުކޮށްލެވިދާނެ. އެހެނަސް އަޅުގަނޑުމެންގެ ބިމުން އަޅުގަނޑުމެން ނެރުމަށް އެކުރާ މަސައްކަތް އެމީހުންނަކަށް ހަމަ އެއްގޮތަކަށްވެސް ކާމިޔާބެއް ނުވާނެ،" އަބްދޫ އޭނާގެ އެކްސް އެކައުންޓުގައި ލިޔެފައިވެއެވެ.

ޑޮކްޓަރަކާއި އޭނާގެ މުޅި ޢާއިލާ އެއްކޮށް ޝަހީދު

އަބްދޫގެ ޢާއިލާ އުތުރުގައި ޝަހީދުކޮށްލެވުނުތާ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން، ޣައްޒާގެ ޑޮކްޓަރަކާއި އޭނާގެ ޢާއިލާ ވަނީ ދެކުނުގައި ޝަހީދުކޮށްލާފައެވެ.

އެގޮތުން ޝަހީދުކޮށްލެވުނު ޑރ. މާޖިދާ އަބޫ އާކަރަކީ ރަފާހުގައި ހުރި އދ.ގެ ކްލިނިކެއްގައި މަސައްކަތްކުރި އަންހެނުންގެ ޚާއްސަ ޑޮކްޓަރެކެވެ. އޭނާއާއި އިތުރު 15 އަށްވުރެ ގިނަ މީހުން ވަނީ ރަފާހުގެ އަލް-ޖުނައިނާ ސަރަޙައްދުގައި ހުރި އޭނާގެ ގެއަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ޝަހީދުވެފައެވެ.

ޝަހީދުވި މީހުންގެ ތެރެއިން މަދުވެގެން 10 މީހުންނަކީ އެއް ޢާއިލާއެއްގެ މެންބަރުންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި އެމީހުންގެ ދަރިން ހިމެނެއެވެ. އެތަނުން އެންމެ ހަގު ކުއްޖަކީ އުމުރުން 3 ދުވަސްވީ އަންހެން ކުއްޖެކެވެ.

ދެކުނު ޣައްޒާގެ ޙަމަލާތަކުގައި އިތުރު ބަޔަކު ޝަހީދުކޮށްލެވުނު

މީގެ އިތުރުން ދެކުނު ޣައްޒާގައުލި އިތުރު 15 މީހުން ޝަހީދުކޮށްލެވުނު އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ބަރްހޫމް ޢާއިލާގެ މެންބަރުންނެވެ. 

މި ސަރަޙައްދަކީ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ސިފައިން ”ސޭފް ޒޯން“ގެ ގޮތުގައި ކަނޑައަޅާފައުވާ ސަރަހައްދެކެވެ. އެހެނަސް އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތައް އަލް-މަވާސީއަށް ތަކުރާރުކޮށް ބޮންއަޅަމުން ގެންދިޔައެވެ. 

އެ ސަރަހައްދު ކައިރީގައި، ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަބްސާން ސިޓީގައި، 6 މެންބަރުންގެ ޢާއިލާއެއް ވަނީ އިސްރާއީލުގެ ބޮންތަކުން ސަލާމަތްވާން މަސައްކަތްކުރަނިކޮށް ޝަހީދުވެފައެވެ.

އެމީހުން ދަތުރުކުރަމުންދިޔަ އުޅަނދަށް ސީދާ އަމާޒުކޮށް ބޮން އެޅުމުން، އުޅަނދު ހަލާކުވެ، 6 މީހުންވެސް ޝަހީދުވެފައިވާ ކަމަށް އަލް-ޖަޒީރާގެ ނޫސްވެރިން ރިޕޯޓުކޮށްފައިވެއެވެ.

އަދި ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި، އެހެން ޢާއިލާއެއް ތިބީ އެމީހުންގެ ދެ ކުޑަކުދިން އިސްރާއީލުގެ ބޮންތަކުން ޝަހީދުވުމުން އެކަމުގެ ޝޮކުގައެވެ. 

"ލޮބުވެތި ކުދިންނޭވެ، الله ތިޔަބައިމީހުންނަށް ރަޙްމަތްލައްވާށި. އަދި ތިޔަބައިމީހުންގެ މަންމައާއި ބައްޕައަށް ކެތްތެރިކަން ދެއްވާށި،" ޝަހީދުވި ކުދިންގެ ބޮޑުދައިތަ ހިބާ އަލް-ހިންދީ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައިވެއެވެ. 

އިސްރާއިލްގެ ހަމަލާގައި ޝަހީދުވި ދެކުދިން

'އަހަރެންގެ ދަރިން މަރުވީ ބަނޑުހައިހޫނު ކަމުގައި ތިއްބާ'

ޚާން ޔޫނިސްގެ ވީޑިއޯއެއްގައި، ފަލަސްތީނު އަންހެނަކު އޭނާގެ ދަރިންނާއި ފިރިމީހާއަށް އަލްވަދާޢު ކިޔަމުން ރޮމުން ކިޔަމުންދިޔައީ އެކުދިން ޝަހީދުވެގެންދިޔައީ ކާނެ އެއްޗެއް ނެތި ހައިހޫނު ކަމުގައި ތިއްބާ ކަމަށެވެ. 

"އަހަރެންގެ ދަރިން މަރުވީ ބަނޑުހައިހޫނުކަމުގައި ތިއްބާ، الله ގަންދީ ބުނަން، އެކުދިންނަށް ހާރަށް ކާން އެއްޗެއް ނުލިބުނު، އަހަރެންގެ ދަރިފުޅު މަރުވީ ހާރު ނުކައި ރޯދައަށް ހުއްޓާ،" އެ އަންހެންމީހާ ބުނެފައިވެއެވެ.

"އަހަރެންނަކީ ހިތް ކުދިކުދިވެފައި ހުރި މަންމައެއް، الله ތިބާގެ ހިތް ތިބާގެ ދަރިންނަށްޓަކައި އަންދަވާށި" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ނިސްބަތްކޮށް އެމަންމަ ބުނެފައިވެއެވެ. 

ޢާއިލާއަށް ހަށިގަނޑު ފެނުނީ ގަޑިއިރުތަކެއް ވަންދެން ހޯދުމަށްފަހު

އުތުރުގައި އޮންނަ ޖަބާލިޔާގައި، ޢާއިލާތަކަށް މަޖުބޫރުވީ އިސްރާއީލުގެ ބޮމުގެ ސަބަބުން އަނިޔާވެރިކޮށް ޝަހީދުވި ލޯބިވާ މީހުންގެ ހަށިގަނޑު ހޯދުމަށް ގަޑިއިރުތަކެއް ވަންދެން ހޯދުމަށެވެ.

އަލް-ޖަޒީރާއިން ކަވަރުކޮށްފައިވާ އެ ސަރަހައްދުގެ ހިތްދަތި މަންޒަރުތަކެއްގައި ދައްކާފައިވަނީ ހަލާކުވެފައިވާ ޢިމާރާތްތަކާއި، ބޮމުން އުފެދިފައިވާ ބޮޑު ވަޅުގަނޑެއްގެ ތެރޭގައި ބައެއް ހަށިތައް އަދި ހަށިގަނޑުގެ ބައިތަކެއް ގަހެއްގައި އެލުވިފައި ހުރި މަންޒަރެވެ.

އިސްރާއިލްގެ ހަމަލާގައި ޝަހީދުވި ދެކުދިން

ޖަބާލިޔާއާއި އޭގެ ރެފިއުޖީ ކޭމްޕަކީ 2023 އޮކްޓޯބަރު 7 ގައި ޣައްޒާއާ ދެކޮޅަށް ޤަތުލްޢާއްމު ފެށުނީއްސުރެ އިސްރާއީލުގެ އެންމެ ނުރައްކާތެރި ޙަމަލާތަކަށް ހުށަހެޅިފައިވާ ތަނެކެވެ.

2023 އޮކްޓޯބަރ 7 ގައި ފެށުނު ގަތުލް ޢާއްމު މިއަހަރު ޖަނަވަރީ 18 މެދުކަނޑާލެވުނު އިރު، އިސްރާއީލުގެ ސިފައިން ވަނީ މަދުވެގެން 48,577 ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް، 112,041 މީހުންނަށް ޒަޚަމްކޮށްލާފައެޗެ. އަދި އެތައް ހާހެއްގެ މީހުން ވަނީ ގެއްލިފައި ނުވަތަ ވަޅުލެވިފައިވާ ކަމަށް ބެލެވެއެވެ. މިއާއެކު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 61,000 އަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.