އުރީދޫ ސީއީއޯ ޚާލިދު އަލް ހަމާދީ: ފޮޓޯ/ އުރީދޫ
ވިޔަފާރި
19 Mar 2025 | 12:21
އުރީދޫއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ: ސީއީއޯ ޚާލިދު އަލް ހަމާދީ

ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފި އެވެ.

އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް އިންވެސްޓްކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

."ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރުމަށާއި އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތައް ތައާރަފްކުރުމާއި އައިއޯޓީގެ ގާބިލްކަން ފުޅާކޮށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ،" ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ޑިޖިޓަލް އެކްސެސްގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމާއި، އިޖްތިމާޢީ ކުރިއެރުމަށް މަގުފަހިކޮށްދޭ، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުން." 

ޚާލިދު އަލް ހަމާދީ

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެވެ.

އިނޮވޭޝަނާއި ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެ ކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އެޑްވާންސް ޑިޖިޓަލް ހިދުމަތްތައް ތައާރަފް ކުރަމުން ދެ އެވެ.

ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން، ޑިޖިޓަލް އިންކްލޫސިވް މުޖުތަމައެއް ބިނާކޮށް، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތަކާއި ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.