ސްޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރަން ރުހުން ދިން ފަނޑިޔާރު ޝަހީދު: ފޮޓޯ/ ފަނޑިޔާރު ޝަހީދުގެ އިންސްޓަގްރާމް
ހަބަރު
19 Mar 2025 | 12:34
ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ބެންޗަށް ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު 4 ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެބޭފުޅުންގެ ތެރެއިން ސްޕްރީމްކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޝަހީދުގެ ނަންފުޅެވެ.

އެފަހުން ޝަހީދުގެ ނަން މަޖިލީހަށް ފޮނުއްވައި، އެ މައްސަލަ ކޮމިޓީއަށް ފޮނުވައި ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ޝަހީދު މަގާމަށް އައްޔަނުކުރަން ފާސްކޮށްފައެވެ.

އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓް އިއްވައި، އެއަށް ބަހުސް ކުރުމަށްފަހު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 64 މެންބަރުންގެ އިއްތިފާގުން ވަނީ ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރަން ފާސްކޮށްފައެވެ.

ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވެސް އޭނާ ހާސިލުކުރައްވައިފައިވެއެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023 ގައެވެ.

ކޮމެންޓް
ޢަހްމަދު
މިދުވަސްވެސް ހިނގައި ދާނެ
19 Mar 2025
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.