އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ އިމާރާތެއް ބިމާހަމަވެފައި... ފޮޓޯ: އޭއެފްޕީ
ދުނިޔެ
19 Mar 2025 | 17:00
ހަމަލާތައް ދެމުންގޮސް އިސްރާއީލަށް މިފަހަރު ހަމަލާ ދެވުނީ، އދގެ ގެސްޓްހައުސްއަކަށް!

އިސްރާއީލް ސިފައިން މިފަހުން ޢައްޒާއަށް ދޭންފެށި ހަމަލާތަކުގައި އެންމެފަހުން އދގެ އޮފިޝަލުން ތިބޭ ގެސްޓްހައުސްއަކަށް ހަމަލާ ދީފިއެވެ.

އަލްޖަޒީރާއިން ބުނީ ޢައްޒާގައި ހުންނަ އދގެ ގެސްޓްހައުސްއަށް ދިން ހަމަލާތަކުގައި އެތަނުގައި އެވަގުތު ތުބި ދެ މީހަކު ވަރަށްބޮޑަށް ޒަހަމްވެގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އިސްރާއީލުން ހަމަލާ ދީފައިވަނީ ޢައްޒާގެ މެދުތެރޭގައި ހުންނަ ޑެއިރް އަލް ބަލާހްގައި ހުންނަ ގެސްޓްހައުސްއަކަށެވެ. އެތަނަކީ އިންސާނީ އެހީ ފޯރުކޮށްދޭ އދ ގެ އޮފިޝަލުން ތިބޭ ތަނެކެވެ. އެތަނުގައި އދ ގެ އިތުރުންވެސް ބައިނަލްއަޤްވާމީ އެކިއެކި ޖަމިއްޔާތަކުގެ އޮފިޝަލުން އުޅެއެވެ.

ޒަހަމްވުމާއެކު އެމީހުން އަލް އަޤްސާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާރުވެސް އެތަނުގައި އަވަސްފަރުވާ ދެނީ ވަރަށް ހާލުންކަމަށާއި، ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް މުޅިންހެން ހުސްވެފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލުން އދ ގެ ގެސްޓްހައުސްއަކަށް ހަމަލާދީފައިވާއިރު، ޢައްޒާގެ ހާލަތާ ބެހޭގޮތުން އީޔޫގެ އޮފިޝަލުން ވަނީ ޤައްޒާގެ ހާލަތު މިވަގުތު އޮތީ ބަލައިގަނެވޭނެ ފައްތަރެއްގައި ނޫންކަމަށް ވިދާޅުވެފައެވެ. މި މައްސަލާގައި އިސްރާއީލުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. 

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޢޭައްޒާއަށް ދިން ހަމަލާތަކުގައި އެތައް ސަކޭތަބަޔަކު ޝަހީދުކޮށްލިއިރު، ޤަތުލު އާންމު މެދުކަނޑާލުމަށް ވެވުނު އެއްބަސްވުމާ އިސްރާއީލުން ހިލާފްވެފައިވާއިރު، އިސްރާއީލުން ބުނަނީ ހަމަލާތައް ދިނުން އަދި އޮތީކަމަށެވެ. 

ކޮމެންޓް
އަޑު ސަރަކަ
ތީ އަލަށް ކުރި ކަމެއްތޯ؟
19 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.