ޢައްޒާގެ ގެތަކެއް ބިމާހަމަކޮށްލާފައި.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
20 Mar 2025 | 21:04
އިސްރާއީލް ސިފައިން 3 ދުވަހުގެ ތެރޭގައި ޢައްޒާއިން 200 ކުޑަކުދިން ޝަހީދުކޮށްލައިފި

އިސްރާއީލް ސިފައިން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާއްމުތަކުގައި 3 ދުވަހުގެ ތެރޭގައި ޢައްޒާއިން 200 ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.

ހަމަލާތައް ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެއް ހަދާފައިވަނިކޮށް، އިސްރާއީލް ސިފައިން އެ އެއްބަސްވުމަށް އިހުތިރާމުނުކޮށް މިފަހުން ޢައްޒާއަށް ދޭންފެށި ހަމަލާތަކުގައި މުޅިންހެން ޝަހީދުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. ޢައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ، އިސްރާއީލުން މިފަހުން ދޭންފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 506 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ. މީގެ ތެރޭގައި 200 ކުޑަކުދިން ހިމެނޭކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްރާއީލުން ދޭންފެށި ހަމަލާތަކުގައި މިއަދު އެކަނިވެސް ފަލަސްތީނުގެ 110 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް މީހުން ތިބުން އެކަށީގެންވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. 

ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ އިސްރާއީލުން މިހާރު ޢައްޒާއަށް ދެމުންދާ ހަމަލާތަކަކީ އިންސާނިއްޔަތާ ހިލާފް ޖަރީމާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިގޮތުން ހަމަލާތައް ދެމުންދަނީ ގޮތެއްފޮތެއް ބެލުމެއްނެތި އަންްހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްކަމަށް ހިއުމަން ރައިޓްސް ވޮޗުން ވަނީ ބުނެފައެވެ.

ޢައްޒާއަށް ދޭންފެށި ހަމަލާތަކާ ގުޅޭގޮތުން އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވީ، ޢައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް އަދި ނުގެންގުޅޭކަމަށާއި، މަޤްސަދު ހާސިލްވަންދެން ހަމަލާތައް ދެމުންދާނޭކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.