އެންޑޮމެޓްރިއޯސިސް އަށް ހޭލުންތެރިކުރުވުމުގެ މަހާ ގުޅިގެން ހާއްސަ ހަރަކާތެއް ބޭއްވުން
ހަބަރު
22 Mar 2025 | 02:29
އެންޑޮމެޓްރިއޯސިސް އަށް ހޭލުންތެރިކުރުވުމުގެ މަހާ ގުޅިގެން ހާއްސަ ހަރަކާތެއް ބާއްވައިފި

އެންޑޮމެޓްރިއޯސިސް ހޭލުންތެރިކަމުގެ މަހާ ގުޅިގެން ޝީ ބިލްޑިން ގައި ހޭލުންތެރިކަމުގެ ހަރަކާތެއް ބާއްވައިފި އެވެ.

މި ހަފްލާގައި އެންޑޯ ވޯރިއާސްއާއި، އެހީތެރިންނާއި، ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، މި ބައްޔާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށްފައިވެ އެވެ. މި ހަރަކާތުގެ ޗީފް ގެސްޓަކީ ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

މި އިވެންޓް ހޯސްޓްކުރި އެންޑޮމެޓްރިއޯސިސް ބަލި ތަހައްމަލު ކުރަމުންދާ ފާތިމަތު ޝާހުނާޒް އަދި ނިއަމް ނަޝީދު ވަނީ އެމީހުންގެ އެންޑޮމެޓްރިއޯސިސްގެ ދަތުރު ހިއްސާކޮށްފަ އެވެ. ރާއްޖޭގައި އެކަށީގެންވާ ސިއްހީ ފަރުވާގެ ފުރުސަތުތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ، ނަފްސާނީ އަދި މާލީ ދަތިތައް ފާހަގަކުރި އެވެ.

ކޮންމެ 7 އަންހެނުންގެ ތެރެއިން 1 އަންހެނަކަށް މި ބަލި ޖެހޭއިރު، ރާއްޖޭގައި އެންޑޮމެޓްރިއޯސިސް އެކްސިޝަން ސްޕެޝަލިސްޓެއް ނެތުމުން، ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ލިބުމަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އެންޑޮމީޓްރިއޯސިސް އަކީ ހަކުރު ބަލި ހާ އާއްމު ބައްޔެ ނަމަވެސް ވަރަށް ބޮޑަށް ސްޓިގްމައިޒްޑް ބައްޔެއް ކަމުން އެންޑޮމީޓްރިއޯސިސް ހުންނަ އެތައް އަންހެނުންނެއް މުޖްތަމަޢުގައި ގައި މި ބަލީގެ ސައްހަ މައުލޫމާތު ނޭންގި އަދި ބަލި ޑައެގްނޯސް ނުވެ ސައިލެންޓްލީ ބަލި ތަހައްމަލު ކުރަމުންދާތީ އެންޑޮމީޓްރިއޯސިސްގެ ހޭލުންތެރިކަމަކީ އިންތިހާ އަށް ބޭނުން ވެފައިވާ ކަމެކެވެ.

މި ހަރަކާތުގައި އެންޑޮމެޓްރިއޯސިސްގެ އަލާމާތްތަކާއި، ދިރިއުޅުމަށް ކުރާ އަސަރު އަދި ޚާއްސަ ފަރުވާގެ ބޭނުންތެރިކަން ހިމެނޭ ތަފްސީލީ ޕްރެޒެންޓޭޝަނެއް ދީފައިވެ އެވެ.

މި ހަރަކާތަކީ ހޭލުންތެރިކަން އިތުރުކުރުމަށާއި، މުޖުތަމަޢުގެ އެހީތެރިކަން އިތުރުކުރުމަށާއި، ރާއްޖޭގެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކުރުމަށް ވަކާލާތުކުރުމުގެ މަންސައެކެވެ. އަދި މިއީ އެއްވެސް މީހަކު މި ވޭނުގައި އެކަނި ތަހައްމަލުކުރަން ނުޖެހޭނެކަމާއި، ދެމެހެއްޓެނިވި މަސައްކަތާއެކު ބަދަލު ގެނެވިދާނެކަމުގެ ހަނދާންކޮށްދިނުމެކެވެ.

ކުރިޔަށް އޮތް މަސްތަކުގައި ހާއްސަ އިވެންޓްތަކާއި ހަރަކާތްތައް ވަނީ ޕްލޭންކުރެވިފައިއެވެ.

މިބަލީ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހޭތިރެވެދިނުމުގެ ގޮތުން އެންޑޮމީޓްރިއޯސިސް ސަޕޯޓް ގްރޫޕެއް އޮވެއެވެ. އެންޑޮމީޓްރިއޯސިސް ޑައެގްނޯސްވެފައި ވާ ހުރިހާ އަންހެން ކަބަލުންވެސް މި ގްރޫޕްއާ ގުޅުމަށް އެދިފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.