މީގެ ކުރިން ބޭއްވި ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒެއް.. ފޮޓޯ: މީސްމީޑިއާ
ހަބަރު
22 Mar 2025 | 11:21
އުފެއްދުންތެރިކަމުގެ މައުރަޒުގައި މިހާރު ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރެވޭނެ: ބީސީސީ

މިއަހަރު ބޭއްވުމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިހާރު ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭގޮތުން ބީސީސީން ބުނީ، މީގެ ކުރިން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް 15 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭ ގޮތަށް އޮތްނަމަވެސް މިހާރު، ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރެވޭނެ ކަމަށެވެ. 

ބީސީސީން ބުނީ މަޢުރަޒުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަޠު އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމުގެ އިތުރުން، މިހާރު މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައިގެންވެސް މަޢުރަޒުގައި ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން މި ފޯމް ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ބީސީސީ އޮފީސްތަކުގެ އިތުރުން ބީސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން މިހާރު ހުންނާނެއެވެ. އަދި ފޯމް ފުރުއްވުމަށްފަހު އީމެއިލްގެ ޒަރީޢާއިން ނުވަތަ ބީސީސީގެ ހެޑް އޮފީހަށް ނުވަތަ އަތޮޅުގެތޭގެ ކޮންމެ ބިޒްނަސް ސެންޓަރަކަށް ފޯމު ހުށަހެޅުއްވުމުންވެސް ފޯމް ބަލައިގަނެވޭނޭކަމަށް އެ ސެންޓަރުން ބުނެއެވެ.

ބީސީސީން ބުނީ މިއަހަރު ބާއްވާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު ވެގެންދާނީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެބޮޑު މައުރަޒުކަމަށެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މިއަހަރު މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިއަހަރުގެ މައުރަޒު ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި މެއިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.