އިސްރާއީލް ސިފައިން މީގެކުރިން ހަމަލާދިން ފަލަސްތީނުގެ ހޮސްޕިޓަލެއް... ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
22 Mar 2025 | 10:49
ޢައްޒާގައި ހުރި ހަމައެކަނި ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލް ބިމާހަމަކޮށްލައިފި

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތަކުގައި ޢައްޒާގައި ހުރި ހަމައެކަނި ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަށް ހަމަލާދީ އެ ހޮސްޕިޓަލް ބިމާހަމަކޮށްލައިފިއެވެ.

މިކަމާ ގުޅޭގޮތުން ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލްގެ މި އަމަލަކީ، ހަނގުރާމައިގެ ބޮޑު ޖަރީމާއެއްކަމަށެވެ. ޢައްޒާގައި ހުންނަ މި ހޮސްޕިޓަލް ބިމާހަމަވެފައިވަނީ އިސްރާއީލް ސިފައިން އެތަނަށް މެދުނުކެނޑި ދިން ހަމަލާތަކުގައެވެ. ހޮސްޕިޓަލް ބިމާހަމަކޮށްލުމަށްފަހުވެސް އިސްރާއީލް ސިފައިން އެ ސަރެަހައްދަށް ހަމަލާތައް ދެމުންދިޔަކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޢައްޒާއަށް ދިން ހަމަލާތަކުގައި 5 ކުޑަކުއްޖެއް ޝަހީދުވެފައިވާކަމަށް އަލް ޒަޒީރާއިން ބުނެފައިވާއިރު، މި ހަމަލާތައް މިހާރުވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ބައެއް ރިޕޯތްތައް ބުނާގޮތުގައި އިސްރާއީލް ސިފައިން މިހާރުދަނީ ގޮތެއްފޮތެއް ނުބަލައި ވަކި ޓާގެޓަކަށް އަމާޒުކުރުމެއްނެތި ޢައްޒާއަށް ހަމަލާތައްދެމުންނެވެ. އިސްރާއީލުން މިހާރު ޢައްޒާގައި ފަށާފައިވާ ގަތުލު އާންމާބެހޭގޮތުން އދ އިން ބުނެފައިވަނީ، ޢައްޒާއިން މިހާރު ފެނިގެންދަނީ ބިރުވެރި މަންޒަރުތަކެއް ކަމަށެވެ.

އިސްރާއީލުން މިދިޔަ ތިންދުވަހުގެ ތެރޭގައި ޢައްޒާއިން 700 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުވާލާފައިވާއިރު، މީގެ ތެރޭގައި ގިނައީ، އަންހެނުންނާއި ކުދަކުދިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ