މާލޭގައި އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ރޭ ވަނީ ފަށާފައި -- ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
22 Mar 2025 | 16:14
އީދަށް މާލެ ދިއްލާލަން ކުރި މަސައްކަތަށް ކުރީ ސަރުކާރުން ދުއްތުރާކުރި: ޑެޕިއުޓީ މޭޔަރު

އީދަށް މާލެ ސަރަހައްދު ދިއްލާލުމަށް ކުރި މަސައްތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިކުރުވި ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެ އެވެ.

އަރީޝް މިހެން ވިދާޅުވީ ކުރިއަށް އޮތް ފިތުރު އީދު ދުވަހަށް މާލެ ސަރަހައްދު ދިއްލާލުމަށް އީދު ލައިޓްތައް ޖެހުމުގެ މަސައްކަތް ފެށިކަން ފާހަގަ ކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ. އީދަށް މާލެ ސަރަހައްދު ދިއްލާލުމުގެ މަސައްކަތް ފެށީ މާލެ ސިޓީގެ މޭޔަރު ކަމުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.

ހަގީގީ އީދެއްގެ އުފާ ދިވެހީންނަށް ހޯދާ ދިނުމަށް ފެއްޓެވި މި މަސައްކަތަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އަރީޝް މިއަދު ވިދާޅުވީ އީދަށް މާލެ ސިޓީ އާއި ވިލިމާލެ އަދި ހުޅުމާލޭ ގައި ކުލަބޮކި ޖަހާ މުޅި މާލެ އޭރިޔާ ދިއްލާލުން މީ މާލެސިޓީގެ މޭޔަރަކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު ވަރައް ކުލަގަދަކޮއް ކުރައްވަމުން ގެންދެވި މަސައްކަތެއް ކަމަށެވެ.

އަދި ވިދާޅުވީ އެއީ އޭރުގެ ސަރުކާރުގެ އުންދަގޫތަކާ ކުރި ދުއްތުރާ ތަކުގެ ތެރޭން ވެސް ކާމިޔާބު ކަންމަތީ ކުރި ޗާލު ކަމެއް ކަމަށެވެ.

މިއަދު ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ސިޓީސް މިނިސްޓްރީން އެކަން ކުރަމުން ގެންދާކަން ފާހަގަ ކުރައްވާ އަރީޝް ވިދާޅުވީ އެ މަސައްކަތަށް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮންނާނެ ކަން މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ދެންނެވި ކަަމަށެވެ.

ސަރުކާރުން މި އަހަރު ވަނީ 65 ރަށެއްގައި އީދު ލައިޓް ހަރުކުރުމަށް ނިންމާފަ އެވެ. ސިޓީސްތަކާއި އަތޮޅުގެ ވެރިރަށްތައް އިތުރަށް ދިއްލާލާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ