އިންޑިޔާ ބޮޑުވަޒީރު މޯދީ އާއި މަސްކު: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
23 Mar 2025 | 09:57
އިންޑިޔާ ސަރުކާރުގެ މައްޗަށް ދައުވާކުރަން ‘އެކްސް’ އިން އެދިއްޖެ!

އިންޑިޔާ ސަރުކާރުން ޤާނޫނާ ޚިލާފަށް ‘އެކްސް’ގެ ކޮންޓެންޓް ސެންސަރ ކުރަމުންދާ ކަމަށް ބުނެ، އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' އިން އިންޑިޔާ ސަރުކާރުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މާރިޗު 5 ގައި ކޯޓަށް ހުށަހެޅި މައްސަލާގައު، އިންޑިއާގެ އައިޓީ މިނިސްޓްރީން އެހެން ޑިޕާޓްމަންޓްތަކަށް ކޮންޓެންޓް ބްލޮކްކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ.  އެ އަމުރުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފާއިތުވި އަހަރު ތަޢާރަފުކުރި ސަރުކާރުގެ ވެބްސައިޓެއް ބޭނުންކުރުމަށް އެދިފައިވާ ކަމަށާ، ސޯޝަލް މީޑިއާ ކުންފުނިތަކަށްވެސް މި ވެބްސައިޓާ ގުޅުމަށް މަޖުބޫރުކުރަމުންދާ ކަމަށް އެކްސްއިން ބުނެފައިވެއެވެ.

އެކްސްއިން ބުނާ ގޮތުގައި މި ނިޒާމުގައި ކޮންޓެންޓް ނައްތާލުމަށް އިންޑިއާގެ ޤާނޫނުގައި ކަނޑައަޅާފައިވާ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނުހިމެނެއެވެ. އެގޮތުން ޤައުމުގެ ސިޔާދަތަށް ނުވަތަ އާންމު ނިޒާމަށް ގެއްލުން ލިބޭ ފަދަ ހާލަތްތަކުގައި މެނުވީ މިފަދަ އަމުރުތައް ނުނެރޭނެ ކަމަށާއި، އިސް އޮފިޝަލުންގެ ހަރުކަށި ބެލުމުގެ ދަށުން މެނުވީ މިފަދަ އަމުރުތައް ނުނެރޭނެ ކަމަށް ބަޔާންކޮށްފައިވާ ސަލާމަތީ ފިޔަވަޅުތައް މި ނިޒާމުގައު ނުހިމެނެއެވެ.

މި މައްސަލަ ދެކުނު އިންޑިއާގެ ކަރްނާޓަކަ ސްޓޭޓުގެ ހައި ކޯޓުގައި މި ހަފުތާގެ ކުރީކޮޅު އަޑުއެހުމެއް ބޭއްވުނު ނަމަވެސް، ވަކި ނިންމުމަކަށް އާދެވިފައެއް ނުވެއެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން އޮންނާނީ މާރިޗު 27 ގައެވެ.

2021 ވަނަ އަހަރު، އޭރު ޓްވިޓަރ ގެ ނަމުގައި އޮތް އެކްސްއާއި އިންޑިއާ ސަރުކާރާ ދެމެދު ހަމަނުޖެހުމެއް އުފެދުނެވެ. އެއީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ދަނޑުވެރިން ކުރި އިހުތިޖާޖާ ގުޅޭ ބައެއް ޓްވީޓްތައް ބްލޮކްކުރުމަށް ނެރުނު ޤާނޫނީ އަމުރުތަކާ އެކްސްއިން އެއްބާރުލުން ނުދިނުމާ ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.