ރައީސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ހާލަތު ބެއްލެވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Mar 2025 | 13:03
އާއިލާ ތަކުން ކަންބޮޑުވުން ފާޅުކުރިތާ 24 ގަޑިއިރު ނުވަނީސް ހާލަތު ބެއްލެވުމަށް ރައީސް ތެލެސީމިއާ ސެންޓަރަށް

ލޭ އަޅާކުދިންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކުރިތާ 24 ގަޑިއިރު ނުވަނީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.

ރައީސް މުޢިއްޒު ސެންޓަރަށް ވަޑައިގެން ސެންޓަރުގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ހާލަތު ވަނީ ބައްލަވައިލައްވާފައެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، މި ޒިޔާރަތުގައި ރައީސް ވަނީ، އެވަގުތު ޚިދުމަތް ހޯއްދަވަމުންދިޔަ ބަލިމީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއައްސަވާފައެވެ.

އަދި އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް، މިވަގުތުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް، ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅުތައް އަޅަން ސަރުކާރުން ފައްޓަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

ރައީސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ހާލަތު ބެއްލެވުން-- ފޮޓޯ: ރައީސް އޮފީސް

ޒަމާނުއްސުރެ މި ސެންޓަރުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނެތެވެ. ނަމަވެސް މިހާރު ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކުރެއްވުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. 

ތެލެސީމިއާ ކުދިންނަށް ލޭ ލިބުމުގައި ދިމާވާ މައްސަލަތަކާއި ފިލްޓަރުތަކުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ކުދިންގެ އާއިލާތަކުން ރޭ މުޒާހަރާކޮށްފައިވެއެވެ. އެ މުޒާހަރާގައި ޢާއިލާތަކުން ވަނީ މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި ބްލަޑް ބޭންކުގެ ވެރިންގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
05 Jun 2026
ޒުވާން ޝުރުތިކާ މަރުވިއިރު ހޮޓެލުން ޗެކްއައުޓްވާން އޮތީ އެންމެ 30 މިނެޓް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަޝްހޫރު ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް (ޓީ.އައި.އެސް.އެސް) އިން ދަސްވެނިވި އުމުރުން 25 އަހަރުގެ ޝްރުތިކާ ބަރަންވާލް ވަނީ މަރުވެފައެވެ.
05 Jun 2026
އަންހެނަކު، ރޭޕްކުރި ދެ މީހަކު މަރަން ޕާކިސްތާނު ހައިކޯޓުން ހުކުމް ކޮށްފި
ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ލާހޫރު-ސިއާލްކޮޓް މޮޓޯވޭގައި، ތިން ދަރިންގެ ކުރިމަތީގައި ފްރެންޗް އަންހެނަކު ރޭޕްކުރި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ މަރުގެ ހުކުމް ލާހޫރުގެ ހައިކޯޓުން ބުދަ ދުވަހު ދަމަހައްޓައިފިއެވެ.
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"