ރައީސް މުޢިއްޒު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Mar 2025 | 14:56
ތެލެސީމިއާ ސެންޓަރުގެ ވަސީލަތްތައް އިތުރުކުރާނަން؛ އެކަން ކުރާނީ ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން: ރައީސް

ތެލެސީމިއާ ސެންޓަރުގެ ވަސީލަތްތައް އިތުރުކުރައްވާނެ ކަމަށާ އެކަންކަން ކުރިއަށް ގެންދަވާނީ ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ތެލެސީމިއާ ސެންޓަރުގެ ހުރި މައްސަލަތައް ގާތުން ބައްލަވާލެއްވުމަށް ރައީސް މުޢިއްޒު ވަނީ މިއަދު އެ ސެންޓަރަށް ވަޑައިގެންފައެވެ. 

އެއަށްފަހު ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ތެލެސީމިއާ ސެންޓަރުގެ މައްސަލަތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލީ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުނުގައި މުހިންމު ގިނަކަންތައްތަކެއް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު އެމަނިކުފާނު ދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވުއެވެ. 

އެތަން ހިންގަން ހިންގަން ޑިރެކްޓަރ ޖެނެރަލްއެއް ނުލައި 2017 ވަނަ އަހަރުން ފެށިގެން އަންނަ ކަމަށްވަނީ. އެކަން ވަގުތުން ހައްލު ކުރެވޭނެ ގޮތެއް އަޅުގަނޑުވާނީ ދަންނަވާފައި. ހަމައެއާއެކު ނަރުހުން މަދުވާހަކަ އާއި، ނަރުހުން ހޯދޭނެ ގޮތާއު، ސީނިއާ ފިޒިޝަނެއް ހަމަޖެއްސުމަށް، ތަނަށް ބޭނުންވާ އެކިކަހަލަ އާލާތްތައް ހޯދޭނެ ގޮތް. ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތައް، އެކި މުވައްޒަފުން، ލެބޯރަޓަރީ ޓެކްނޮލޮޖިސްޓުންނާއި، މިހެންގޮސް ބޭނުންވާ މުވަްްޒަފުން ހޯދުމަށާ، އަދި މަސައްކަތް ކުރާނެ ގަޑިވެސް، ހޮސްޕިޓަލެއްގަ މަސައްކަތް ކުރާ ގޮތަށް ގަޑިތައް އިތުރުކުރުމަށް ބޭނުންވާ ހިޔުމަންރިސޯސް އިތުރުކުރުމަށް. މިހުރިހާ ކަމެއް މިއަދު މަޝްވަރާކޮށް ކުރިއަށް ގެންދާނެ ގޮތް އަޅުގަނޑުވާނީ ދަންނަވާފައި، 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިއާއެކު ރައީސް ވިދާޅުވީ، މި މަޝްވަރާ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާ، ސެންޓަރުގެ ކަންކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނޫނީ ހުރަހެއް ނެތް ކަން ޔަގީން ކުރުމަށް މިނިސްޓަރަށް ދެންނެވިކަމަށެވެ. އަދި ސެންޓަރުގެ ކަންކަން ކުރިއަށް ގެންދަވާނެ މުހުލަތުތަކެއްވެސް ދެއްވާފައިވާނެ ކަމަށް ވިދާޅުވުއެވެ. 

”ކުރިއަށް އޮތް ދުވަސްތަކުގައި ތެލެސީމިއާ ކަންތަކުގައި މި ދިމާވާ ހުރިހާ ކަމެއްގައި ރަނގަޅު ހައްލުތަކެއް ގެނެސްދޭނަން. ފައިސާގެ ގޮތުން ދަތިތަކެއް ވެގެން ކަމެއް ހައްލުނުވެ ނޯންނާނެކަން އަޅުގަނޑު ސީދާ ޔަގީންކުރާނަން. އެކަން އަޅުގަނޑުވާނީ ޔަގީންކޮށްފައި. ތެލެސީމިއާ ކުދިންނަށް ދިމާވާ ކަންކަން ހައްލުކުރުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުންމިކަންކަން ކުރިއަށް ގެންދާނަން.” 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން، މިސަރުކާރުން ހުޅުމާލޭގައި އަޅާ ތެލެސީމިއާ ސެންޓަރާއެކު ތެލެސީމިއާ ކުދިންނަށް ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

ހުޅުމާލެގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ. މީގެ އިތުރުން ޖެނެޓިކް ސްކްރީނިންގ، ކައުންސެލިން ޚިދުމަތްވެސް މި ހޮސްޕިޓަލް ތަރައްޤީ ކުރެވޭއިރު ލިބިގެންދާނެއެވެ.

ތެލެސީމިއާ ކުދިންނަށް ފަރުވާދޭނެ ޚާއްސަ ހޮސްޕިޓަލެއް މިދައުރުގެ ތެރޭގައި ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ގެ ވަޢުދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.