ހާލިދު ރާއްޖޭގައި
ހަބަރު
23 Mar 2025 | 16:13
ހާލިދު ރާއްޖޭގައި؛ ރޯދަ މަހު ދިވެހީންގެ ދިރިއުޅުން ދުނިޔެއަށް ދައްކައިދޭނެ

ރޯދަ މަހު ދިވެހީންގެ ދިރިއުޅުން ދުނިޔެއަށް ދައްކައި ދިނުމަށާއި މެދުއިރުމަތިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްހޫރު އެމިރާޓީ އިންފްލުއެންސާ ހާލިދު އަލް އަމޭރީ ރާއްޖެ ގެނެސްފި އެވެ.

ހާލިދު ރާއްޖެ ގެނެސްފައިވަނީ ވިޒިޓް މޯލްޑިވްސް އިންނެވެ. ހާލިދު ރާއްޖޭގައި ހުންނާނީ މިމަހުގެ 22 އިން 26 އަށެވެ. މިއީ މެދުއިރުމަތީގެ ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ތަފާތު ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ދައްކާލުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މިގޮތުން މެދުއިރުމައްޗާއި ޖީސީސީ ސަރަހައްދުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން އެންމެ ފަހު ވަގުތުގެ ބުކިންތަކަށް ރާއްޖެއަކީ އެންމެ ރަނގަޅު ގެޓްއަވޭއެއްގެ ގޮތުގައި އޭނާގެ ހިތްގައިމު ޕޯސްޓްތަކުން ފާހަގަވެގެންދާނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ގެންގުޅޭ ސްޓެންފޯޑް ޔުނިވާސިޓީގެ ގްރެޖުއޭޓެއެއް ކަމަށްވާ ޚާލިދު އަލް އަމެރީ ފާހަގަވެފައިވަނީ ސަގާފީ ތަފާތުތައް ނައްތާލައި އިސްލާމީ އާދަކާދަތަކާއި މުޖުތަމައުގެ އަސާސްތައް ފުޅާކުރުމުގެ ކުޅަދާނަ އިންފްލުއެއްސަރެއްގެ ގޮތުގައެވެ. މެދުއިރުމަތީގެ މާކެޓުގެ ތެރޭގައި އޭނާގެ މަސައްކަތްތައް ވަރަށް ބޮޑަށް ގުގުމާލާފައިވުމާއެކު ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލުމަށް އޭނާ އަކީ ވަރަށް އެކަށީގެންވާ ބައިވެރިއެކެވެ.

ގަލްފް ބިޒްނަސް "100 މޯސްޓް ޕަވާފުލް އަރަބްސް" ލިސްޓުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ ޚާލިދު ގެންދަނީ އޭނާގެ ހިތްގައިމު އަދި މަޖާ ކޮންޓެންޓްގެ ޒަރިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އެއްބައިވަންތަ ކުރަމުންނެވެ. ޑައުންޓައުން ދުބާއީ ވޯކް އޮފް ފޭމްއިން ދުބާއީ ސްޓާއެއް ލިބުނު ފުރަތަމަ ސޯޝަލް މީޑިއާ ޝަހުސިއްޔަތުގެ ހައިސިއްޔަތުން އޭނާ އަންނަނީ ޑިޖިޓަލް ސްޕޭސްގެ ވާހަކަތައް ބައްޓަން ކުރަމުންނެވެ.

ހާލިދު ރާއްޖޭގައި 

މި ދަތުރުގެ މައިގަނޑު މަގްސަދަކީ ޚާލިދުގެ ނުފޫޒުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެ އަކީ އެންމެ ދާން ރަނގަޅު މަންޒިލުގެ ގޮތުގައި އިޝްތިހާރުކޮށް، ދިވެހި ސަގާފަތް ދައްކާލުމެވެ. މިވަގުތު 3.9 އިންސައްތަ މާކެޓް ހިއްސާ އޮތް މެދުއިރުމަތީގެ ގައުމުތަކުން 2024 ވަނަ އަހަރު ރާއްޖެއަށް 79،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި ކެމްޕޭނަކީ ވިޒިޓް މޯލްޑިވްސްއިން މިއީ މެދުއިރުމަތީގެ މާކެޓަށް ދޭ ސްޓްރެޓެޖިކް ފޯކަސްއާ ގުޅިފައިވާ ހަރަކާތަކަށްވެފައި، މުހިންމު މާކެޓުތަކުގެ ލީޑިން އިންފްލުއެންސަރުންނާއި ބްރޭންޑް އެމްބެސެޑަރުންނާ ގުޅިގެން ކުރިއަށް ގެންދާ ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މެދުއިރުމަތީގެ ބެލުންތެރިންނާއެކު ޚާލިދުގެ ގާތް ގުޅުމުގެ ބޭނުންހިފާ، އެންމެ ފަހު ވަގުތު ދަތުރުކުރުމުގައި އެންމެ ރަނގަޅު މަންޒިލުގެ ގޮތުގައި ރާއްޖޭގެ ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީއާއި ހިތްގައިމު މަންޒަރުތަކާއި ސަގާފީ މުއްސަނދިކަން ޕްރޮމޯޓުކުރުމަށް މަގުފަހިވެގެންދާނެއެވެ. 

ޚާލިދުގެ މި ދަތުރުގައި ފޭސްބުކާއި އިންސްޓަގްރާމްގައި ކޮންމެ ދުވަހަކު ޕޯސްޓްކޮށް ހިތްގައިމު ކޮންޓެންޓް ޕީސްތަކެއް އުފައްދާނެއެވެ. މީގެތެރޭގައި ވީޑިއޯ އަދި ފޮޓޯ ޕޯސްޓްތަކާއި ކެރޯސަލް އަދި އެކި ޕްލެޓްފޯމްތަކުގައި ކޮމިއުނިޓީ ޕޯސްޓްތައް ޝާއިއުކުރާނެއެވެ. މި ޕޯސްޓުތަކުގައި ރާއްޖޭގައި ރަމަޟާން މަހު ޚާލިދުގެ އަމިއްލަ ތަޖުރިބާތައް ދައްކުވައިދީ، ގޮނޑުދޮށުގައި ރޯދަވީއްލުން ފަދަ ރާއްޖޭގެ ސަގާފީ އާދަކާދަތަކާއި މެދުއިރުމަތީގެ ފަތުރުވެރިންނަށް ހާއްސަ ލަގްޒަރީ ސްޓޭތަކަށް އަލިއަޅުވާލާނެއެވެ. ހަލާލް ދަތުރުފަތުރާއި ސަގާފީ ތަޖުރިބާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ހިތްގައިމު މަންޒަޔުތަކާއި މެހެމާންދާރީ އާއި ހިތްގައިމު ދިވެހި އާދަކާދަތައް ދައްކުވައިދޭ މި ޕޯސްޓުތައް މަދުވެގެން 3.2 މިލިއަން ބެލުންތެރިންނާ ހަމައަށް ފޯރާނެ ކަމަށް ބެލެވެއެވެ.

މި ފެމް ޓްރިޕްއަކީ ވިޒިޓް މޯލްޑިވްސްއިން އިންފްލުއެންސަރުން އެކްޓިވޭޓްކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ ތެރެއިން ދުނިޔޭގެ އެކި މާކެޓްތަކުން ރާއްޖެއަށް ލިބޭ ޝައުގުވެރިކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކުރިއަށްގެންދާ އެއް ހަރަކާތެކެވެ. ޚާލިދުގެ ނުފޫޒާއި ވާހަކަ ދެއްކުމުގެ ހުނަރާއި އެކު، މި އީދަށް ދަތުރުކޮށްލަން އެންމެ ހިތްގައިމު އަދި ލަގްޒަރީ ގެޓްއަވޭގޮތުގައި ރާއްޖެ ދައްކާލާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.