ރައީސް ތެލެސީމިއާ ސެންޓަރުގައި: ވަގުތުން ފިޔަވަޅުތައް އަޅުއްވަން ވަނީ ފައްޓަވާފައި -- ފޮޓޯ: ރައީސް އޮފީސް
ރިޕޯޓް
23 Mar 2025 | 17:47
ތެލެސީމިއާ އާއިލާގެ ކަންބޮޑުވުންތައް: ރައީސް ވަޑައިގެން ވަގުތުން އަޅުއްވަން ފެއްޓެވީ ހަރުދަނާ ފިޔަވަޅުތަކެއް

ތެލެސީމިއާ މީހުންނާއި ކުދީންގެ އާއިލާތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވާފަ އެވެ. އެ ޒިޔާރަތުގައި އެމަނިކުފާނު ވަނީ ތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އެ ވަގުތު ހިދުމަތް ހޯދަން އައިސް ތިބި ތެލެސީމިއާ މީހުންނާއި ކުދީންނާއި ބައްދަލުކޮށް ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. އަދި އާއިލާތަކާއި ބައްދަލު ކުރައްވާ އެ މީހުންގެ ޝަކުވާތައް ވެސް އަޑުއެއްސެވި އެވެ.

އަދި އެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމުގެ މަސައްކަތް ވަގުތުން ފެއްޓެވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

އެންމެ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި މިއަދު ނިންމެވީ މޯލްޑިވްސް ބްލަަޑް ސާވިސް އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނެވުމެވެ. އެ ގޮތުން ހޮސްޕިޓަލްތަކެކޭ އެއް ހަމައަކަށް ތެލެސީމިއާ ސެންޓަރުން ވެސް ހިދުމަތް ދޭން ނިންމާ އެ މިންވަރަށް ވަގުތު އިތުރު ކުރެއްވި އެވެ.

ރައީސް ތެލެސީމިއާ ސެންޓަރުގައި: ވަގުތުން ފިޔަވަޅުތައް އަޅުއްވަން ވަނީ ފައްޓަވާފައި -- ފޮޓޯ: ރައީސް އޮފީސް

ތެލެސީމިއާ ސެންޓަރުގައި ޑިރެކްޓަރު ޖެނެރަލް އެއް ނެތްތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެއީ ކަންކަން ބޮއްސުންލައިގެން ދާން މެދުވެރިވީ ސަބަބެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެހެން ކަމުން އެ ސެންޓަރަކަށް ޑިރެކްޓަރު ޖެނެރަލްގެ މަގާމަަށް ބޭފުޅަކު ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ.

މީގެ އިތުރުން ހިދުމަތްތައް ރަނގަޅު ކުރުމަށް އެތެރޭގެ ހިންގުން ރަނގަޅު ކުރަން ޖެހޭކަން އެނގިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ އެ ބަދަލު ވެސް ގެންނަވަން ނިންމަވާފަ އެވެ.

މިއީ ތެލެސީމިއާ އާއިލާ އިން އެކަމަށް އެދޭތާ އަހަރުތަކެއް ވެފައިވާ ކަމެކެވެ.

ރައީސް ތެލެސީމިއާ ސެންޓަރުގައި: ވަގުތުން ފިޔަވަޅުތައް އަޅުއްވަން ވަނީ ފައްޓަވާފައި -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މިހާރު ދިމާވެފައިވާ ފިލްޓާގެ މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ވަނީ އަންގަވާފަ އެވެ. އެ މައްސަލަތައް ދެން ތަކުރާރު ނުވާނެ ގޮތްތައް ވެސް ސީދާ އެމަނިކުފާނު ވަނީ މެނޭޖްމަންޓަށް ވިދާޅުވެ ދެއްވާފަ އެވެ.

އަދި ތެލެސީމިއާ ކުދީންނާއި މީހުންނަށް ހިދުމަތް ދިނުމަށް ފިޒިޝަނުން ހަމަޖެއްސުމާއި ތެލެސީމިއާ ސެންޓަރު ހިންގާ އިމާރާތަކީ ބާވެފައިވާ އިމާރާތަކަށް ވުމުން އާ އިމާރާތަކަށް ހިދުމަތްތައް ބަދަލު ކުރުމުގެ މަސައްކަތްތައް ފެށުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ރައީސްގެ މި އަވަސް ފިޔަވަޅުތަކާ އެކު ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ތެލެސީމިއާ ކުދީންނާއި މީހުންގެ ކަންބޮޑުވުންތަކަށް ވަރަށް އަވަހަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް
އިއްބެ
ހަރުދަނާފިޔަވަޅު އަޅުއްވަންޖެހޭނީ ހުރިހައިކަމެއް ބޮއްސުންލީމައެއްނޫނއ
23 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.