އުސްތާޒާ ސާމިޔާ ޒަކަރިއްޔާ—
ހަބަރު
24 Mar 2025 | 09:11
ރަސޫލާ ﷺ ވެސް ގޭތެރޭގެ މަސައްކަތް ތަކުގައި އިސްދައުރެއް އަދާ ކުރެއްވި: އުސްތާޒާ ސާމިޔާ

މިއުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم އަކީ ގޭތެރޭގެ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރެއްވި ބޭކަލެއް ކަމުގައި މަޝްހޫރު އަންހެން ދީނީ ޢިލްމުވެރިޔާ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އުސްތާޒާ މިހެން ވިދާޅުވެފައި ވަނީ، ގޭތެރޭގައި ކައްކައި ތަށި ދޮވުމަކީ ފިރިމީހާ ފިރިހެންވަންތަ ކަމުން ބޭރުވެ، ”އަންހެންދުޅާވާ“ ކަމެއްގެ ގޮތުގައި ސިފަކޮށް ޝުޢައިބު ކިޔާ މީހަކު މީސްމީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. 

އެގޮތުން، އުސްތާޒާ ސާމިޔާ ވިދާޅުވީ، ގޭތެރޭގައި މަސައްކަތް ކުރުމަކީ އަންހެން ވަންތަ ކަމެއް ނޫން ކަމަށާ އެއީ ފިރިހެންވަންތަ ކަން ގެއްލޭ ކަމެއްވެސް ނޫން ކަމަށެވެ. 

”މިއުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم އަކީ ގޭތެރޭގެ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރެއްވި ބޭކަލެކެވެ.“ އުސްތާޒާ ސާމިޔާ ވިދާޅުވިއެވެ. 

މިއާއެކު ސާމިޔާ ވިދާޅުވީ، ދީންފެތުރުމަކީ ފިރިހެނުންނަށް ޚާއްޞަކަމެއް ނޫން ކަމަށާ، މިއުއްމަތުގައި ދީން ފެތުރުއްވުމާއި، ފަތުވާ ދެއްވުމުގެ މޭސްތިރިއަކީ އަންހެނެއްކަމަށެވެ. 

”އުއްމުލް މުއުމިނީނަ ޢާއިޝާ رضي الله عنها އަށް ވުރެ ވަކިން ބޮޑަށް، މީސްތަކުންނަށް ދީނުގެ ޙުކުމްތައް އުނގަންނައި ދެއްވައި ފަތުވާދެއްވި ޞަޙާބީއަކު ނެތެވެ. އެކަން ކުރުމަަށްޓަކާ ގޭތެރޭގެ މަސައްކަތުގައި ނޫޅެވޭނޭ ބުނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.“ ސާމިޔާ ވިދާޅުވިއެވެ. 

އުސްތާޒާގެ ފިރިކަލުން ޑރ. މޫސާ އަންވަރަކީވެސް ދީނީ ޢިލްމުވެރިއެއް ކަމަށާ،  އަދި މުޖުތަމަޢުގެ އެތައް ބަޔަކަށް ދީނުގެ މަޢުލޫމާތު ފޯރުކޮށް ދެއްވުމުގައި، ރެއާއި ދުވާލު މަސައްކަތް ކުރައްވާ ބޭކަލެއްކަބް ފާހަގަކުރައްވައި އިތުރަށް ވިދާޅުވީ، އެކަންކަން ކުރެއްވި ނަމަވެސް، ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެ ދެއްވާ ކަމަށެވެ.

”ބަދިގެއަށް ވަދެ ކައްކާ ދެއްވައެވެ. ތެލިތަށިވެސް ދޮވެދެއްވައެވެ. ފުޅިތަކަށް ފެންވެސް އަޅައިދެއްވައެވެ. ގޭތެރެ ސާފުކުރުމުގައި އިސްދައުރެއް އަދާކުރައްވައެވެ. ބާޒާރުވެސް ކޮށްދެއްވައެވެ. އަޅުގަނޑުމެން ގޭތެރޭގެ ކަންކަން ކުރަނީ ބަހައިގެން، އެންމެންގެ ހިއްސާ އޮންނަ ގޮތަށެވެ. ގޭގެ މަސައްކަތްތައް ކުރާކަށް ނޯކަރަކު ނުގެންގުޅެމެވެ.“ ސާމިޔާ ވިދާޅުވުއެވެ. 

އަދި އަނބިމީހާއަކީ ފިރިމީހާގެ ނޯކަރެއްވެސް ނޫނެވެ. އެއީ ހަޔާތުގެ ބައިވެރިޔާއެވެ. ލޯބިވާ އަނބިމީހާއެވެ.

އުސްތާޒާ ސާމިޔާ

ކަންމިހެން ހުރުމުން، އަނބިމީހާއަށް އެހީތެރިވެދީ ގޭތެރޭގެ ކެއިންބުއިމާއި، ސާފުކުރުމާއި، ދަރީންގެ ކަންކަމުގައި އެހީވެދިނުމަކީ އަންހެން ދުޅާވުން ކަމުގައި ވާނަމަ، ދެން ފިރިހެން ވަންތަ ކަމަކީ ކޮބައިތޯ އުސްތާޒާ ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެއީ އަނބިމީހާ ކެއްކީމާ ކާލައިގެން ރަސްކަލެއް ހެން އުޅުންތޯ ސުވާލުކުރައްވައި ސާމިޔާ ވިދާޅުވީ، ފިރިމީހާ އަކީ ރަސްކަލެއް ނަމަ އަނބިމީހާއަކީ ރާނީއެއް ކަމަށެވެ.

ސާމިޔާ ވިދާޅުވި ގޮތުގައި، އަނބިންނަކީ ތިމާމެންގެ ޢިއްޒަތެވެ. އެހެންކަމުން، އެކަނަބލުންނަށް ލޯބިދީ އިޙްތިރާމް ކޮށް ހެޔޮކޮން ހިތުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ. އަދި ކީރިތި ރަސޫލަާ صلى الله عليه وسلم ގެ އެންމެ ފަހުގެ ވަޞިއްޔަތަކީ ވެސް އަނބީންނަށް ހެޔޮކޮން ހިތުމަށް ކުރެއްވި ވަޞިއްޔަތްކަންވެސް ހަނދުމަކޮށްދެއްވިއެވެ. 

ކޮމެންޓް
ދަލީ
ދަލީ ދަކާލައްވާ ތިބޭފުޅާ ފިރިކަލުން ކުރައްވާ ހުރިހާ ކަމެއް ކުރެއްވިކަމުގެ، އެހެންނޫނީ ތީބޮޑު ނާޢިންސާފެއް
24 Mar 2025
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.