ސްޓެލްކޯ އެމްޑީ ހުސައިން ފަހުމީ: ފޮޓޯ/ ސްޓެލްކޯ
ހަބަރު
24 Mar 2025 | 09:53
ސްޓެލްކޯ އެމްޑީގެ މަގާމާ ހަވާލުވުމަށްފަހު އަޅުގަނޑު ފުލެޓެއް ގަތްކަމަށް ފަތުރާ ވާހަކައަކީ ދޮގެއް: ފަހުމީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާ ފަރާތްތަކުން ފަތުރަމުންދާ ވާހަކައަކީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ފަހުމީ ފުލެޓް ގަނެފައިވަނީ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި އިއްޔެ އެކްސްގައި ކިރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، އެފަދަ ވާހަކަތައް ފަތުރަނީ އޭނާގެ އަބުރަށް އަރައިގަނެ، ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ކަމަށެވެ. އަދި އެ ވާހަކައަކީ ޙަޤީޤަތާ ޚިލާފު، އަސާސެއްނެތް ދޮގު ވާހަކައެއްކަމަށްވެސް ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، އެ ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް ކަމަށެވެ.

”ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަން“ ފަހުމީ ވިދާޅުވުއެވެ. 

ފަހުމީ ވިދާޅުވީ، ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ އޭނާ ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކޮށް، މަރުޙަބާ ކިޔުއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.