Advertisement

ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް ދަނީ އިތުރަށް ހަރުދަނާކުރެވެމުން: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު: ފޮޓޯ/ ވޮއިސް

ޓިއުބަރކިއުލޯސިސް، ޓީބީ ރާއްޖޭން ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖެއަކީ 1998ވަނަ އަހަރުން ފެށިގެން ކޭސްތައް ދެނެގަތުމުގެ %70 އާއި ބަލިން ފަރުވާ ހޯދުމުގައި %85 ހާސިލްކޮށްފައިވާ ފަސް ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަން ފާހަގަކުރައްވާފައެވެ.

އަދި ޓީބީ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ތިއްބެވީ ސާބިތު ކަމާއެކުގައި ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޓިއުބަރކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދިނުން ފަދަ ކަންކަމާއެކު ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުންގެންދަވާ ކަމަށެވެ. 

Advertisement

ރައީސް އިތުރަށްވިދާޅުވީ އަވަހަށް ބަލި ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ފުރިހަމަ ފަރުވާ ކަށަވަރުކުރުމަށްވެސް ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement