ޕާކިސްތާން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ޕާކިސްތާން އެމްބަސީ
ހަބަރު
24 Mar 2025 | 14:21
ރާއްޖެ-ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ އެއް އަޤީދާއަކާއި އިހްތިރާމްގެ މައްޗަށް: ސަފީރު

ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ އެއް އަޤީދާއަކާއި، އެއް ސަޤާފަތަކާއި، އެއް ތަރިކައަކާއި، އެއް މަޞްލަޙަތުތަކަކާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ކަމަށް ޕާކިސްތާނުގެ ހައި ކޮމިޝަނަރ ފައިސަލް ރަސޫލް ލޯދީ ވިދާަޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވީ، ޕާކިސްތާނުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރ ވައިސް އެޑްމިރަލް (ރ) ފައިސަލް ރަސޫލް ލޯދީ ޕާކިސްތާނުގެ ދިދަ ނެންގެވިއެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ރައީސް، ބޮޑުވަޒީރު އަދި ޑެޕިއުޓީ ބޮޑުވަޒީރާއި ޚާރިޖީ ވަޒީރުގެ މެސެޖުތައް ކިޔައިދީފައިވާއިރު، ހައި ކޮމިޝަނަރ ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނު ރިޒޮލިއުޝަންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޕާކިސްތާނުގެ މިނިވަންކަމަށް ޓަކައި ޤައުމުގެ ކާބަފައިން ކުރެއްވި ޤުރުބާނީތަކަށް ތަޢުރީފު ކުރެއްވިއެވެ.

ޕާކިސްތާން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ޕާކިސްތާން އެމްބަސީ

މީގެ އިތުރުން ހައި ކޮމިޝަނަރގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް ވިޝަންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ހައި ކޮމިޝަނަރ ވިދާޅުވީ، ޕާކިސްތާނަކީ ބައިނަލްއަޤްވާމީ އެއްބާރުލުމާއި ޑިޕްލޮމަސީއަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްކަމަށެވެ. އަދި އދ. ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުގެ މުޤައްދަސްކަމަށް ޕާކިސްތާނުން ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ފަލަސްޠީނުގައާއި، ޖަމްމޫ - ކަޝްމީރުގައި އދ. ގެ ޤަރާރުތައް ތަންފީޒުކުރުމަށް ޕާކިސްތާނުން ގޮވާލާކަމަށް ވިދާޅުވިއެވެ.

ޕާކިސްތާނާއި ދިވެހިރާއްޖޭގެ ގުޅުމާ ބެހޭގޮތުން ވާހަކަދައްކަވަމުން، ހައި ކޮމިޝަނަރ ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އެއް އަޤީދާއަކާއި، އެއް ސަޤާފަތަކާއި، އެއް ތަރިކައަކާއި، އެއް މަޞްލަޙަތުތަކަކާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ކަމަށެވެ. އަދި މި ގުޅުން އަހަރުތަކާއެކު ފުޅާވެ، މިހާރު ތަޢުލީމު، ޞިއްޙަތު، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން، ވިޔަފާރި، އިޤްތިޞާދު، މޫސުމަށް އަންނަ ބަދަލުތައް، ދިފާޢީ އެއްބާރުލުން، މީޑިއާ މެނޭޖްމަންޓް، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތަމްރީނު، އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ފަދަ ގިނަ ދާއިރާތަކެއް ހިމެނޭކަމަށް ވިދާޅުވިއެވެ.

ޕާކިސްތާން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ޕާކިސްތާން އެމްބަސީ

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވަނީ ޕާކިސްތާނުގެ ރައީސަށާއި، ސަރުކާރަށާއި އަދި ރައްޔިތުންނަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ދެންނަވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އެއް އަޤީދާއަކާއި، އެއް ސަޤާފަތަކާއި، އެއް ތަރިކައަކާއި، އެއް މަޞްލަޙަތުތަކަކާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށްކަން އޭނާވެސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތަށްފަހު ޕާކިސްތާނު ދުވަސް ފާހަގަކުރުމުގެ ގޮތުން ރޯދަވީއްލުމެއްވެސް ދީފައިވެއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ވަޒީރުންނާއި، އެމް.އެން.ޑީ.އެފްގެ އިސް އޮފިސަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، މީޑިއާގެ ބޭފުޅުންނާއި، ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުން ބައިވެރިވިއެވެ.





ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް