ދުރުން އެ ފެންނަނީ މިދިޔަ ސަރުކާރުން ހުޅުވާލި 4،000 ހައުސިން ޔުނިޓް ހިމެނޭ ޓަވަރުތައް... ފޮޓޯ: ވޮއިސް
ހަބަރު
24 Mar 2025 | 21:38
އެންމެ ގިނައީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭ ޝަކުވާ: ހައުސިން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރުމަށް ނިންމި 4،000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމު މިހާތަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭ ޝަކުވާތައްކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާއްމުކުރި ފްލެޓް ލިސްޓް މުރާޖައާކުރުމަށްފަހު މި ސަރުކާރުން ވަނީ މިދިޔަ ފެބުރުއަރީމަހުގެ 27 ވަނަ ދުވަހު ފްލެޓް ލިސްޓް އާއްމުކޮށްފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، ހައުސިން މިނިސްޓްރީން ބުނީ 4،000 ހައުސިން ޔުނިޓާ ގުޅޭގޮތުން މިހާތަނަށް ޖުމްލަ މުޅި ފްލެޓް ލިސްޓާ ގުޅޭގޮތުން 2،000 ހަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށެވެ.

މިހާތަނަށް އެންމެ ގިނަ ޝަކުވާ ލިބިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭގޮތުން ނެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭގޮތުން މިހާތަނަށް 1500 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭގޮތުން 400 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މިދިޔަ ސަރުކާރުން ހުޅުވާލި 4،000 ހައުސިން ޔުނިޓް ހިމެނޭ ބައެއް ޓަވަރުތައް... ފޮޓޯ: ވޮއިސް

ފްލެޓް ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީހަކީ، އަންނަ އޭޕްރިލްމަހުގެ 15 ވަނަ ދުވަހެވެ.

ހައުސިން މިނިސްޓްރީން ބުނީ، ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ގެދޮވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ހުށަހެޅޭނޭ ކަމަށެވެ. މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. 

ފްލެޓު ދޭން ކަނޑައަޅާފައިވާ 4000 މީހުންގެ ލިސްޓް ބެލުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.