ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް: ފޮަޓޯ/ ބީއެމްއެލް
ވިޔަފާރި
25 Mar 2025 | 10:07
ބީއެމްއެލްއިން ހއ އަތޮޅަށް ގެސްޓު ހައުސް ފައިނޭންސިންގ ތަޢާރަފް ކޮށްފި

ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިންގ ތަޢާރަފްކޮށްފިއެވެ.

އެ އަތޮޅަށް މި ސްކީމް ތަޢާރަފްކޮށްފައިވަނީ އިއްޔެ ހއ. ފިއްލަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ގެސްޓު ހައުސް ފައިނޭންސިންގއަކީ މިހާރުވެސް އެބޭންކުން ފޯރުކޮށްދެމުންދާ ޚިދުމަތެއް ކަމަށެޗެ. ނަމަވެސް  ހއ. އަތޮޅަށް ތަޢާރަފްކޮށްފައިވަނީ ހެޔޮ ބަދަލުތަކާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ތައްޔާރުކޮށްފައިވާ ފައިނޭންސިންގ އެކެވެ.

ގެސްޓުހައުސް ފިނޭންސިންގ އާއެކު، ރަށުގައި ގެސްޓްހައުސް ތަރައްގީކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ގެސްޓުހައުސް ވުޔަފާއި އަލަށް ފަށަން ބޭނުންވާ ފަރާތްތަކާއި އެ ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތު ފަހިވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވުއެވެ.

މީގެ ކުރިން ގެސްޓްހައުސް އަޅަން ބޭނުން ނަމަވެސް ބޭންކުން އިތުރު ސެކިޔުރުޓީއެއް އެފަރާތް އަތުން ނަގައެވެ. އެހެން ނަމަވެސް މިހާރު އެ ސެކިޔުރިޓީ ނުނަގާނެ ކަމަށް ޝަރީފް ވިދާޅުވުއެވެ. 

”ފައިނޭންސިންގ ގައި ބޭންކުން އިތުރު ސެކިޔުރިޓީއެއް ބޭނުމެއް ނުވާނެ. މާނައަކީ ގެސްޓުހައުސް އަޅާ އިމާރާތް މޯގޭޖް ކޮށްގެން އިތުރު އެހެން ސެކިއުރިޓީއެއް ނުކާ މިހާރު ގެސްޓްހައުސް އަށް ލިބޭނެ،" ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ މި ފައިނޭންސިންގއާ ގުޅޭ މައުލޫމާތު އެ އަތޮޅުގެ ރައްޔިތުންނަށް ދިނުމަށްޓަކައި ބޭންކުގެ ފަރާތުން ޓީމުތައް ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެ ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތަކަށް ފައިނޭންސް ދޫކުރަމުންދާ ފާހަގަކުރެއްވިއެވެ. 

"5 އަހަރު ތެރޭ 400 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ފައިނޭންސްކޮށްދެވިފައިވާނެ، ރިސޯޓު ތަރައްޤީއަށް، މިކަމުންވެސް ދައްކައިދެނީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން،" ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.