އއ. ރަސްދޫ --
ރިޕޯޓް
25 Mar 2025 | 16:21
ރަސްދޫ ހާދިސާ: ބައިވަރު ސުވާލުތަކެއް! އަލިފާން ރޯވީ ކިހިނެތް؟

އއ. ރަސްދޫގައި ރޭ ހިނގީ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެކެވެ. އެ ހާދިސާ ގައި ދެ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. ހަށިގަނޑުގެ ބޮޑުބައެއް ފިހި އެ ދެ މީހުންގެ ހާލަތު ވަނީ ވަރަށް ކްރިޓިކަލް ސިޓުއޭޝަނެއްގަ އެވެ. އައިޖީއެމްއެޗް ގައި ދެ މީހުންނަށް ފަރުވާ ދެމުންދާއިރު ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހިނގުން ރަނގަޅެއް ނޫނެވެ.

އާއިލާ އިން ބުނި ގޮތުގައި ފިިހިފައިވާލެއް ބޮޑު ކަމުންނާއި އެތެރެހައްޓަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަަބަބުން އެ ދެ މީހުން ގަދަވާނެ ކަމަށް ކުރެވޭ އުންމީދު ކުޑަ ކަމަށް ޑޮކްޓަރުން އާއިލާއަށް އަންގާފައިވެ އެވެ.

ރޭގެ އަލިފާނުގެ ހާދިސާއާ ގުޅޭ ސުވާލުތައް ގިނަ އެވެ. އަލިފާން ރޯވީ ކިހިނަކުން ހެއްޔެވެ. ދެ މީހުން އެވަރަށް ފިހިފައިވަނީ ކިހިނެތް ވެގެން ހެއްޔެވެ. 

އަލިފާނުގެ މި ހާދިސާ ހިނގުމުގެ ކުޑައިރުކޮޅެއްގެ ކުރީން ހާދިސާގައި ފިހުނު ފިރިހެން މީހާ އިނީ ގެއާ ކައިރި ކޮފީ ޝޮޕެއްގައި ކޮފީ އެއް ބޯށެވެ. އެތަނުގައި އިނދެފައި ގެއަށް ދިއުމަށް ނައްޓާލީ ކުއްލިއަކަށެވެ. ވީގޮތެއް ނޭންގެ އެވެ. އޭގެ ކުރީން ފޯނެއް އައި ކަމަށް ވެ އެވެ.

އޭގެ އިރުކޮޅެއްގެ ފަހުން ފިރިހެން މީހާ ގޭތެރެއިން ނިކުތީ ރޯވެއްޖޭ ގޮވަމުންނެވެ. އޭރު އޭނާގެ ގައިގައި އަލިފާން ރޯވެފައި ހުއްޓެވެ.

ފަރުވާއަށް މަރުކަޒަށް ދިޔައީ މީހެއްގެ ސައިކަލު ފަހަތުގަ އެވެ. އޭރުވެސް ވެގެން އުޅޭ ގޮތެއް ސާފެއް ނުވެ އެވެ. ކޮޓަރީގައި ރޯވެއްޖެ ކަމަށް ބުނެ އޭނާ ހަޅޭލަވަމުން ގެންދިޔަ އެވެ.

އާންމުން އެއްވެ ކޮޓަރިއަށް ވަތްއިރު އެވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެއް ނުވެ އެވެ. ނަމަވެސް ކޮޓަރީގައި އޮތް އަންހެން މީހާގެ ގައިގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އޭރު އޭނާގެ ހެއި ހުއްޓެވެ. އެތަނުގައި ތިބި މީހުންނާއި އޭނާ ވާހަކަ ވެސް ދެއްކި އެވެ.

ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް ފިހިފައިވޭތޯ އޭނާ ސުވާލުކުރި އެވެ. މޫނުމަތި އަނދާފައިވޭތޯ ވެސް އެހި އެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އޭނާގެ ފަރާތުން ވެސް ސާފުވާ ގޮތެއް ނުވި އެވެ. އަލިފާން ރޯވެފައި ވަނީ ގޮދަނޑީގެ ކަނެއްގަ އެވެ. ދެން ދޮރުފޮތިގަނޑުގަ އެވެ. އެ ނޫނީ ބޮޑު ގެއްލުމެއް ނެތެވެ.

އަލިފާން ރޯވި ގޮތާމެދު ސުވާލު އުފެދެނީ އެހެން ވެގެންނެވެ.

މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ރޭ ވަގުތުން އެ ދެ މީހުން ވަނީ ވަގުތުން މާލެ ގެނެސްފަ އެވެ.

އެ ގޭގައި އެ ދެ މީހުންގެ ދަރިފުޅު ވެސް ދިރިއުޅެމުން ގެންދިޔަ އެވެ. ނަމަވެސް މި ހާދިސާ ހިނގިއިރު އެ ކުއްޖާވީ އާއިލީ އެހެން މީހެއްގެ ގެއަށް ފޮނުވާފަ އެވެ. މި ދެ މީހުންނަކީ ކުއްޖާގެ މައިންބަފައިން ނަމަވެސް އެދެ މީހުންގެ މެދުގައި އޮތް ގުޅުމާ މެދުވެސް ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ.

ދެ މީހުންގެ މެދުގައި ޚިޔާލުތަފާތުވުން ފަދަ ކަންކަން ވަރަށް ގިނައިން ހިނގާފައިވާ ކަމަށް ރަށުގެ މީހުން ބުނެ އެވެ.

ފުލުހުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގެއް ފަށާފަ އެވެ. ނަމަވެސް ފުލުހާއި ސިފައިން އަދި މި މައްސަލާ ގައި އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ދުޢާއަކީ އަލިފާނުގައި އަނިޔާވި ދެ މީހުންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.