ޤައުމީ ދިފާއީ ބާރުން މީގެކުރިން ކުޑަކުދިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން.. ފޮޓޯ: އެމްއެންޑީއެފް
ހަބަރު
26 Mar 2025 | 13:27
ދައުލަތުގެ ބައެއް މުއައްސަސާތައް ގުޅިގެން މާލޭގައި ހާއްސަ ޢީދު ހަވީރެއް ބާއްވަނީ!

ދައުލަތުގެ ބައެއް މުއައްސަސާތައް ގުޅިގެން ކުރިއަށްއޮތް ޢީދު ދުވަހު މާލެސިޓީގައި ހާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ބަރަކާތްތެރި ފިތުރު ޢީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، ޢީދުސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން އީދު ދުވަހު ހަވީރު މާލެސިޓީގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. 

އީދުހަވީރު ކުރިއަށްދާނީ މާލޭ ސަލްޓަންޕާކުން ފެށިގެން، އިސްލާމީ މަރުކަޒުގެ މައިދާނާއި، ޖުމްހޫރީ މައިދާނާއި، ރަސްމީ ބޮޑުފާލަމުގެ  ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކުރެވިފައިވާ ބޮޑު ސަރަހައްދެއްގައެވެ. މި ސަރަހައްދުތަކުގައި އީދު ހަވީރަށް ޒިޔާރަތްކުރާ ހުރިހާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނޭ އިންތިޒާމާއި، އީދު އުފަލުގަިއ ބާއްވާ އެކި ކަހަލަ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައިވާނޭކަމަށް އެމްއެންޑިއެފުން ބުންޏެވެ.

މާލެސިޓީގައި މިފަދަ ހަރަކާތެއް އިންތިޒާމްކުރުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމީ މި މުހިއްމު މުނާސަބާގެ އުފަލުގައި ވީހާވެސް ގިނަ ދިވެހި އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުމެވެ. މީގެ އިތުރުން ވަކިން ހާއްސަކޮށް ކުދަކުދިންނަށް އީދުގެ އުފާވެރިކަން އިހްސާސްކޮށްދިނުމެވެ. އަދި ޒަމާނުއްސުރެ ކޮންމެ އީދެއްގައި ދިވެހިންގެ މެދުގައި އޮތް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ސަލާންގަލާންކޮށް، މުނިފޫހިފިލުވައި ހަދިޔާ ބަދަލުކުރުން ފަދަ ރީތި އާދަތަކަށް ފުރުސަތު ދިނުމެވެ.

އެމްއެންޑިއެފުން ބުނީ، މިފަހަރުގެ އީދު ހަރަކާތް ކުރިއަށްދާނީ ކުޑަކުދިން ގަޔާވާ ކަހަލަ ކަންކަން ހިމަނައިގެން ކަމަށެވެ. ޢީދު ހަރަކާތް ކުރިއަށްދާނީ ފިތުރު ޢީދު ދުވަހުގެ ހަވީރު 4 ކުން ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. މި އީދު ހަވީރަކީ ދިވެހި ޤައުމީ ދިފާއީ ބާރާއި، ފުލުހުންގެ މުއައްސަސާގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބާއްވާ ހާއްސަ އީދު ހަވީރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.