ރައީސުލްޖުމްހޫރިއްޔާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު މިއަދު!

ރައީސުލްޖުމްހޫރިއްޔާ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓް: ފޮަަޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މަޢުލޫމާތުތައް ރައްޔިތުންނާއި ގާތުން ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު ގެނެސްދޭގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް  ކުރިއަށް ގެންދަވާ ޕޮޑްކާސްޓެއް ކަމަށެވެ. 

މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1:00 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލްމީޑިއާ ޗެނަލްތަކުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދައުލަތުގެ މީޑިއާއިންވެސް މިއަދު މެންދުރު 2:30ގައި މި އެޕިސޯޑް ގެނެސްދޭނެ ކަމަށް ބުނެފައިވެއެވެ. 

މި ޕޮޑްކާސްޓް ހޯސްޓުކުރައްވާނީ ގިނަބައެއްގެ މެދުގައި މަގުބޫލު ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Dec 2025
މި ފަހަރު އިހްޔާ ފޯރަމްގައި ޤުރުއާން ކިޔަވާނީ ދިގު ރާގަށް ކިޔެވުމުގައި ފާހަގަކޮށްލެވޭ ދިވެހި ޒުވާނުންނާއި ކުޑަކުދީން
23 Dec 2025
ޕީއެންސީގެ ކައުންސިލް ޓިކެޓަށް އެދި 308 ކެންޑިޑޭޓުން، ބޮޑު ޕްރައިމަރީއެއް
22 Dec 2025
މާލޭގައި ޑްރަގް އޮޕަރޭޝަނެއް: މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
22 Dec 2025
މާލެ އަތޮޅުގައި ހިންގާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން އީޕީއޭއަށް ލިބޭ ޝަކުވާ އިތުރުވެއްޖެ
22 Dec 2025
އެމްޑީޕީ ކައުންސިލް ޕްރައިމަރީ: އަލީ އާޒިމްގެ ފަރާތުން ޝަކުވާގެ ދިގު ސިޓީއެއް، އިތުބާރު ގެއްލޭ އެތައް ކަމެއް
22 Dec 2025
ބީއެމްއެލުން ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މައިކްރޯ-ފައިނޭންސިންގ ޕްރޮޑަކްޓް ތައާރަފްކުރުމަށް ތައްޔާރުވަނީ
22 Dec 2025
ވީއައިއޭ އައު ޓާމިނަލުން 500،000 އަށްވުރެ ގިނަ ފަސެންޖަރުން ހިދުމަތް ހޯދައިފި
22 Dec 2025
ފެންނަން އޮތް ހަގީގަތް؛ ދެ އަހަރުން ސިއްހީ ދާއިރާއިން ހުޅުމާލެއަށް ބޮޑު ބަދަލެއް