ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 Mar 2025 | 14:03
18 އަހަރުން މަތީގެ ޒުވާނުން ދުންފަތުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން: ރައީސް މުޢިއްޒު

ދުންފަތުގެ އިސްތިޢުމާލު ކުރުމަށް އަލަށް ފަށައިގަންނަ ޒުވާނުން، އެކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މިނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން، ރައީސް ވިދާޅުވީ، ދުންފަތުގެ ބާވަތްތަކުގެ އަގުތައް ސަރުކާރުން ބޮޑު ކުރީ ބަޔަކަށް އުނދަގޫކޮށް ދަތިތަކެއް ކުރިމަތި ކުރުވާން ނޫން ކަމަށެވެ. އެހެނެއްކަމަކު އެކަން ކުރެއްވީ ވަރަށް މާތް މަޤުސަދެއްގައި ކަމަށެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދިވެހިންގެވެސް ވަރަށް ބޮޑަށް ކަށީގައި ހިފާފައިވާ ކަމެއް ކަމުން، އެކަމުން ދުރުހެލި ކުރުވުމަށް ސިނގިރޭޓްގެ ޑިޔުޓީ ބޮޑުކުރެއްވީ ކަމަށެވެ. އަދި ވޭޕްވެސް އެއްކޮށް މަނާކުރެއްވީ، ދިވެހިންގެ ސިއްޙީ ޙާލަތު ރަނގަޅުކޮށް، ރާއްޖޭގެ އާއްމު ސިއްހަތުގެ ރަނގަޅު ކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއާއެކު އެމަނިކުފާނު ވަނީ، ދުންފަތުން ދިވެހިން ދުރުކުރުމަށް ސަރުކާރުން ދެން އަޅަން ނިންމާފައިވާ ފިޔަވަޅުގެވެސް ކުޑަ އިޝާރާތެއް ދެއްވާފައެވެ.

ދެން އަޅަން ނިންމާފައިވާ ފިޔަވަޅަކީ ޖެނެރޭޝަން ބޭންއޭ މިކިޔާ، ޚާއްސަކޮށް ޒުވާން ކުދިންނަށް، އަލަށް، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް މި ވަންނަކުދިން އެކަމުން ދުރުކުރުމަށް، ފިޔަވަޅުތަކެއް އަޅާނަން. ކަށީގައި ހިފައިގެން ގިނަ ދުވަސްތަކެއް މިކަމުގައި އުޅެފައި ހުންނާނީ ތަންކޮޅެއް އުމުރުން ދުވަސްވީ މީހުން. އެކަމަކު 18 އަހަރު ވެގެންގޮސް އެކަމުގެ ތެރެއަށް މި ދާ ކުދިން، އެކަމުން ދުރުކޮށްދީ އެކުދިންގެ މުޅި ޙަޔާތް ކުރިއަށް އޮތްތަނުގައި އެކަމުން ސަލާމަތްވާނެ، ދުރުގައި ތިބެން ބާރު އެޅޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަޖައްސާނަން. 

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އެފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށާ، އެގޮތުން ރާއްޖޭގައި އަޅުއްވާނެ ފިޔަވަޅު ތަކުގެ ތަފްސީލް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.