ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން... ފޮޓޯ: އާރުޑީސީ
ހަބަރު
27 Mar 2025 | 15:17
ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ވަނީ އާރުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރު އާދަން ނަސީރުއެވެ. އާރުޑިސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު އެވެ.

މި މަޝްރޫޢުއަކީ ތަރިކައިން ނަފާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. ކުރިން ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއަކީ ހަރަދުތަކެއް ކުރެވި އާމްދަނީއެއް ނުލިބޭ ދާއިރާއެކެވެ. ނަމަވެސް މިހާރު އެކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު އާދަން ނަސީރު ވަނީ ވިދާޅުވެފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގައި އަދި މުޅިން އަލަށް ހިންގޭ މަޝްރޫޢުއެއް ކަމަށާއި، މިކަމުގެ ތެރޭގައިދިވެހިންގެ ތަރިކައާއި، ޒަމާނީ ޓެކްނޮލޮޖީގެ އިތުރުން އިޤުތިޞާދީ އަދި އިއާދަކުރުމުގެ ބައެއް ހިމެނޭކަމަށެވެ. މި މަސައްކަތުގެ ތެރެއިން މި މަޝްރޫޢުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކެލާގެ އިތުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ނ. ލަންދޫ މާ ބަދިގެ ސަރަހައްދުގައި ސައިޓް މިއުޒިއަމެއް ތަރައްޤީކުރުމާއި، ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުން ހިމެނެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.