ޝެއިހް ސަމީރު، ޝެއިހް ލަތީފް އަދި ޑރ. އަލީ ޒާހިރު
ހަބަރު
28 Mar 2025 | 13:15
ރައީސްގެ ނިންމެވުމަށް އިލްމުވެރީންގެ ތައުރީފު: ދީނަށް ލޯބިކުރާ ކޮންމެ މީހަކު އުފާވާނެ

ސްޑޫޓެންޑް ލޯނުތައް އިސްލާމީ ހަމަތަކަަށް ފައްތާ ލޯނަށް ދޫކުރާ ފައިސާގެ އިތުރަށް އެއްވެސް އަދަދެއް ނުނަގަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ބައެއް ދީނީ އިލްމުވެރީން ތައުރީފު ކުރައްވައިފި އެވެ.

ރައީސްގެ ނިންމެވުމާއި ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވީ ‏ރިބާ ހިމެނޭގޮތަށް ކުރިން ދޫކުރަމުން އައި ސްޓޫޑެންޓް ލޯނު، އިސްލާމީ ޝަރީޢާ ހުއްދަ ކުރާ ގޮތަށް ބަދަލު ކުރަން ނިންމެވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ‬⁩ އަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ވިދާޅުވީ މިފަދަ ކަންކަމަކީ ދީނަށް ލޯބިކުރާ ކޮންމެ މީހަކު އުފާވާނެ ކަންކަން ކަމަށެވެ.

‏ރިބާ ހިމެނޭގޮތަށް ކުރިން ދޫކުރަމުން އައި ސްޓޫޑެންޓް ލޯނު، އިސްލާމީ ޝަރީޢާ ހުއްދަ ކުރާ ގޮތަށް ބަދަލު ކުރަން ނިންމެވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ‬⁩ އަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މިފަދަ ކަންކަމަކީ ދީނަށް ލޯބިކުރާ ކޮންމެ މީހަކު އުފާވާނެ ކަންކަން.

ޑރ. އަލީ ޒާހިރު - އައިޔޫއެމްގެ ވައިސްޗާންސެލާ

ޖަމިއްޔަތުއްސަލަފުގެ ނާއިބު ރައީސް އަދި އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރު ވެސް ވަނީ ރައީސްގެ ނިންމެވުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވިދާޅުވީ އިސްލާމީޝަރީޢާ ހުއްދަ ކުރާ އުޞޫލުން ސްޓޫޑެންޓް ލޯނުގެ ކަންކަން ތަރުތީބުކޮށްދެއްވަން ނިންމެވިކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މީ އިސްލާމީ އުޞޫލަށް ކަންކަން ބައްޓަން ކުރެއްވުމުގައި ރައީސުލް ޖުމުހޫރިއްޔާ އެޅުއްވި ވަރަށް ހެޔޮ ފިޔަވަޅެއް ކަމަށެވެ.

އިސްލާމީޝަރީޢާ ހުއްދަކުރާ އުސޫލުން ސްޓޫޑެންޓް ލޯނުގެ ކަންކަން ތަރުތީބުކޮށް ދެެއްވަން ނިންމެވި ކަމަަށްޓާކައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވަަން. މީ އިސްލާމީ އުސޫލަށް ކަންކަން ބައްޓަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ވަރަށް ހެޔޮ ފިޔަވަޅެއް

އައްޝައިހް އަހްމަދު ސަމީރު - ސަލަފުގެ ނާއިބު ރައީސް

އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފް ވަނީ ސްޑޫޓެންޑް ލޯނުތައް އިސްލާމީ ހަމަތަކަަށް ފެތޭ ލޯނަކަށް ބަދަލު ކުރެއްވުމަށް ނިންމެވި ހަބަރަކީ ވަރަށް އުފާވެރި ހަބަރެއް ކަމަަށް ވިދާޅުވެފަ އެވެ.

އަދި ރައީސްގެ އިސްލާހީ މަސައްކަތްޕުޅުގައި ބަރަކާތް ލެއްވުން އެދި ދުއާ ކުރެއްވި އެވެ.

މީގެ އިތުރުން ވެސް ބައެއް އިލްމުވެރީން ވަނީ ރައީސްގެ މި ނިންމެވުމަށް ތައުރީފު ކުރައްވާފަ އެވެ.

ރައީސްގެ ނިންމެވުން:

‏ރައީސް ރޭ ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އިއްޔެ ދަންނަވާފައިވާ ކަމަށެވެ.

އެގޮތުން އެއް ކަމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމެވެ.

ރައީސް ޖަލްސާއެއްގައި ތަގުރީރު ކުރައްވަނީ

‏އަދި ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

އެމަނިކުފާނު ވަނީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުން ދަންނަވާފަ އެވެ.

‏މީގެ އިތުރުން ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރަން ވެސް ވަނީ އަންގަވާފަ އެވެ.

‏

‏

‏

‏

ކޮމެންޓް
ބަޗީ
އަލްޙަމްދު ލިއްލާހި! ހެޔޮ ވެރިއެއްގެ ކިބައިން ނޫނީ މިފަދަ ކަމެއް ނުފެންނާނެ.
28 Mar 2025
ާއަޒީ
ރައީސް ނިމްމަވަން ވީނޫންތޯ ދިވެހި ރައްޔިތުން ދޫކުރާ ކޮންމެ ލޯނަކީވެސް އިސްލާމީ އިމްގެތެރެއިން ދެވޭ ލޯނެއްކަމަށް
28 Mar 2025
ޢަހްމަދު
ތިޔަ ނިންމެވުމަށް ޝުކުރު ދަންނަވަން.
29 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.