އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

މީގެ ކުރިން ބޭއްވި ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒެއް.. ފޮޓޯ: މީސްމީޑިއާ

މިއަހަރު ބޭއްވުމަށް ހުޅުވާލާފައިވާ ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި މީގެ ކުރިން ހަމަޖައްސާފައި އޮތީ މިހިނގާ މާރޗްމަހުގެ 31 ވަަނަ ދުވަހުގެ ނިޔަލަށެވެ. މިކަމާ ގުޅޭގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ، މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ބީސީސީން ބުނީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި، ޢީދު ޗުއްޓީއާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނާތީ، ވަރަށް ގިނަބަޔަކު އާޢިލީ ޗުއްޓީގެ ގޮތުގައި އެދުވަސްތައް ހޭދަކުރާ ކަމަށް ބެލެވޭތީ، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. 

Advertisement

ކުރިން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް 15 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭ ގޮތަށް އޮތްނަމަވެސް މިހާރު، ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ބީސީސީން ބުނީ މަޢުރަޒުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަޠު އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމުގެ އިތުރުން، މިހާރު މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައިގެންވެސް މަޢުރަޒުގައި ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން މި ފޯމް ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ބީސީސީ އޮފީސްތަކުގެ އިތުރުން ބީސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން މިހާރު ހުންނާނެއެވެ. އަދި ފޯމް ފުރުއްވުމަށްފަހު އީމެއިލްގެ ޒަރީޢާއިން ނުވަތަ ބީސީސީގެ ހެޑް އޮފީހަށް ނުވަތަ އަތޮޅުގެތޭގެ ކޮންމެ ބިޒްނަސް ސެންޓަރަކަށް ފޯމު ހުށަހެޅުއްވުމުންވެސް ފޯމް ބަލައިގަނެވޭނޭކަމަށް އެ ސެންޓަރުން ބުނެއެވެ.

ބީސީސީން ބުނީ މިއަހަރު ބާއްވާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު ވެގެންދާނީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެބޮޑު މައުރަޒުކަމަށެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މިއަހަރު މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިއަހަރުގެ މައުރަޒު ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި މެއިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement