މީގެ ކުރިން އެޗްޑީސީން އީދު ފާހަގަކުރުމުގެ ތެރެއިން..
ހަބަރު
29 Mar 2025 | 15:18
އެޗްޑީސީ އާއި މަންފާ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ އީދު ހަވީރު، ހުޅުމާލެ ސެންޓްރަލް ޕާކްގައި!

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑިސީ) އާއި މަންފާ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ޢީދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަންފާ ޖަމިއްޔާ އާ ގުޅިގެން ޢީދު އުފާ ފާހަގަކުރުމުގެ ގޮތުން ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢީދު ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 16:00 ގައި ކަމަށެވެ. އެޗްޑިސީން ބުނީ އީދު ފެސްޓިވަލްގެ ހަރަކާތްތައް ހަވީރު 17:45 ހަކާ ހަމަޔަށް ކުރިއަށްގެންދާނޭކަމަށެވެ.

ޢީދު ފެސްޓިވަލަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީގެ މުއައްޒަފުން ގެންދަނީ ވަރަށްބޮޑަށް ތައްޔާރުވަުންނެވެ. މިގޮތުން އެޗްޑިސީން އީދު ފެސްޓިވަލް ރާވާފައިވަނީ ކުޑަކުދިންނަށް ބައިވެރިވެވޭނޭ ކަހަލަ އެކިއެކި ކުޅިވަރުތައް ހިމައިގެންނެވެ. މީގެ އިތުރުން ޢީދު ފެސްޓިވަލްގެ ތެރޭގައި، ކުޑަކުދިންނަށް ހަދިޔާ ދިނުންވެސް ކުރިއަށްދާނޭކަމަށް އެޗްޑިސީން ބުނެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި މީގެކުރިން ޢީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން..

ޢީދު ފެސްޓިވަލްގެ އިތުރުން އެޗްޑީސީން ގެންދަނީ ތަފާތުއެކި ކުލަ ބޮކިތަކުން ހުޅުމާލެ ދިއްލާލުމުގެ ކަންކަންވެސް ކުރަމުންނެވެ. މިދިޔަ އީދުގައިވެސް ކުލަބޮކިތަކުން ހުޅުމާލެ ދިއްލާލިއިރު، އެކަމަށް ކުދިބޮޑު އެންމެންގެ ފަރާތުން ވަރަށްބޮޑު ޝައުގުވެރިކަމެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ރަޝިޔާގެ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ތެޔޮ ގަންނަން ފަށައިފި
އިންޑިއާއަކީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ޤައުމެވެ
03 Jul 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަދައިފި
މިގޮތަށް ހުއްދަ ދެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށްފަހު، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އަށެވެ.
03 Jul 2026
ސިވިލް ސަރވިސް މުވައްޒަފުންނަށް 30 މިނިޓުގެ 'ބަފަރ ޓައިމް'
ދިވެހި ސިވިލް ސަރވިސްގެ ގެނައި އިޞްލާޙުގައިވާ ގޮތުން، ބަފަރ ޓައިމަކީ އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް މުވައްޒަފުންނަށް ލިބޭ ވަގުތެކެވެ.
03 Jul 2026
ކޮރަޕްޝަނުގެ ނުބައިކަން
ޚާއްޞަކޮށް ރިޝްވަތުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ދެވޭ އެއްޗެއް ކަމަށާއި، ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލާ ﷺ ލަޢުނަތްލެއްވި ކަމަށެވެ. އަދި ކިތަންމެ ކުޑަ މިންވަރަކަށް ޚިޔާނާތްތެރިވި ނަމަވެސް، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އެމީހަކު އަންނަން ޖެހޭނެކަން ޙަދީޘް ބަސްފުޅުތަކުން އެނގޭ ކަަމަށް ބުންޏެވެ.
03 Jul 2026
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ 22:00 ހާއިރު ހުޅުމާލޭގެ އިރުމަތީ ފަރާތުގައެވެ. މި ހަރަކާތް ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
03 Jul 2026
ޕެނަލްޓީ ޖެހުމުގެ ކުރީން ރޮނަލްޑޯ ދެފަހަރު "ބިސްމި" ކި؟
ޕެނަލްޓީ ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ރޮނަލްޑޯ އަމިއްލަ ނަފްސާ ވާހަކަދައްކަނިކޮށް ފެނުނުއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އެވަގުތު ދެ ފަހަރަށް ކިޔާފައިވަނީ "ބިސްމިިالله" އެވެ.
03 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ދަރިކަލުން ބައިވެރިވެވަޑައެއް ނުގަންނަވާނެ: ރިޕޯޓް
އިންޑިއާގައި ހުންނަވާ އާޔަތުالله ޚާމަނާއީގެ މަންދޫބު، އާޔަތުالله ޙަކީމް އިލާހީއާ ހަވާލާދީ "އޭއެންއައި" ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ފާރަލުންތަކުގެ ސަބަބުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ނުރައްކާތެރި ކަމެކެވެ.
03 Jul 2026
ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟
އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ