އީރާނުގެ ބަރުހަތިޔާރުތަކެއް ތައްޔާރީ ހާލަތުގައި... ފޮޓޯ: އީރާން މިލިޓަރީ
ދުނިޔެ
31 Mar 2025 | 10:45
އީރާނާ އެމެރިކާ އެންމެފަހުން ހަނގުރާމައަކާ ދިމާލަށް؟

މެދުއިރުމަތީ މައްސަލަ ހޫނުވެ އެންމެފަހުން އީރާނާއި އެމެރިކާ އާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވެދާނޭކަމަށް މެދުއިރުމަތީގެ ބައެއް ހަބަރުފަތުރާ ވަސީލްތަތްތަކުން ބުނަން ފަށައިފިއެވެ. ބައެއް ނޫސްތަކުން މި ބީދައިން ރިޕޯޓްކުރަް ފަށާފައިވަނީ އީރާނުގެ ނިއުކްލިއާ މަޝްރޫޢުއާ ބެހޭގޮތުން އެމެރިކާއިން އެދުނު އެދުމަށް އީރާނުން ބީރުކަންފަތެއް ދިނުމުންނެވެ. އެމެރިކާއިން ވަނީ އީރާނުން ކުރިއަށްގެންދާ އެ މަޝްރޫޢުގެ މަސައްކަތްތައް ހުއްޓާލުމަށް އިންޒާރުދީފައެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަތައް ފެށުމަށް ވަނީ އަންގާފައެވެ.

މިކަމާ ގުޅޭގޮތުން އީރާނުންވަނީ އެޤައުމުން ދެކޭގޮތުގެ ރަޢުޔު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ސިޓީއަކުންވެސް ފޮނުވާފައެވެ. އެމެރިކާ އާއި އީރާނުގެ ގުޅުން މިހާރު ގޯސްވެގެން އުޅެނީ އީރާނުގެ ރައީސް މައްސޫދު ޕެޒޭޝިއަން އެމެރިކާއަށް ނިސްބަތްކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި އާދިއްތަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް މައްސޫދު ޕެޒޭޝިއަން ވަނީ، އެޤައުމުން ދެން އެމެރިކާ އާއެކު ދައްކާނެ ވާހަކަތަކެއް ނެތްކަމަށް ވިދާޅުވެފައެވެ. ހާއްސަ ގޮތެއްގައި މިހާރު އުފެދިފައިވާ ނިއުކްލިއާ މަޝްރޫޢުގެ ހިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ދެން މީގެފަހުން އީރާނުން އެމެރިކާ އާ އެއްވެސް މުއާމަލާތެއް ނުކުރާނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޤަތަރު މެދުވެރިކޮށް ނުސީދާކޮށް ވާހަކަތައް ކުރިއަށްގެންދެވިދާނޭކަމަށް މައްސޫދު ވަނީ ފާހަގަކުރައްވާފައެވެ.

އީރާނުގެ ރައީސް މައްސޫދު ޕެޒޭޝިއަން.. ފޮޓޯ: އޭއެފްޕީ

ރޮއިޓާސްއިން ބުނާގޮތުގައި ނިއުކްލިއާ މައްސަލާގައި އީރާނުން ގޮތްދޫނުކޮށްފިނަމަ ޓްރަމްޕް ވަނީ އީރާނަށް ބޮން އަޅާނޭކަމުގެ އިންޒާރު ދެއްވާފައެވެ. 

"އީރާނުން ނިއުކްލިއާ އެއްބަސްވުމުގެ ވާހަކަތަކައިގެން ކުރިއަށް ނުދާނަމަ ބޮން އަޅާނަން. އެކަން ވާނީ މީގެ ކުރިން އެމީހުންނަށް ފެނިފައިނުވާފަދަ ގޮވުންތަކަކަށް" ބައެއް މީޑިއާ ތަކާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ވަނީ އެމެރިކާއިން ޑިއޭގޯ ގާސިއާ ސަރަހައްދަށް އިތުރު ސިފައިންނާއި ހަތިޔާރުތައް ޖަމާކުރަމުންދާކަމަށް ބުނެފައެވެ. ބޭނުމަކީ އީރާނުން ދީފާނެ ހަމަލާއަކުން ދިފާއުވުމުގެ އިތުރުން ރައްދުދިނުމެވެ. މިކަމާ ގުޅިގެން އީރާނުގެ ނޭވީ ކޮމާންޑަރު އަލިރޭޒާ ތަންގްސީރީ ވަނީ އީރާނަށް ހަމަލާދީފިނަމަ ސަލާމަތްވެގެން ނުދެވޭނެކަމަށް އިންޒާރުދެއްވާފައެވެ. 

" އެމީހުން ފަހާ މެކްސިކޯ ކަނޑަށް ދާންޖެހުނުކަމުގައި ވީނަމަވެސް އެކަންކުރާނަން" އީރާނުގެ ނޭވީ ކޮމާންޑަރު ވިދާޅުވެފައިވާކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ރިޕޯޓްކުރިއެވެ.

އެމެރިކާއިން މިފަހުން އީރާނަށް ދެމުން އަންނަ އިންޒާރުތައް އިތުރުވެފައިމިވަނީ މައިގަނޑު ދެ މައްސަލައަކާ ގުޅިގެންނެވެ. އެއީ ރަތްކަނޑުން ދަތުރުކުރާ އިސްރާއީލަށް ނިސްބަތްވާ ބޯޓުތަކަށް ހޫތީން ހަމަލާތައް ދިނުމުގައި އީރާނުން މަދަދުވެރިވުމާއި، ނިއުކްލިއާ މަޝްރޫޢު އެޤައުމުން ފުޅާކުރަމުންދާތީއެވެ.

މިކަމާ ގުޅޭގޮތުން އީރާނުން ބުނެފައިވަނީ، ހޫތީންނަށް އެހީވުމުގެ ސިޔާސަތަކީ އެމެރިކާއާ ބެހެވޭނޭ ކަމެއްނޫންކަމަށާއި އެއީ އީރާނުގެ އަމިއްލަ ހާރިޖީ ސިޔާސަތެއް ކަމަށެވެ. ނިއުކްލިއާ މަޝްރޫޢުއާ ބެހޭގޮތުން އީރާނުން ބުނެފައިވަނީ، ނިއުކްލިއާ ޤާބިލުކަން އިތުރުކުރުމުގެ ހައްޤު އެމެރިކާއެކޭ އެއްގޮތަށް އީރާނަށްވެސް ލިބިގެންވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ