ހަމަލާތަކަށްފަހު ޣައްޒާ: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
01 Apr 2025 | 12:07
އިސްރާއީލްގެ ހަމާލާތަކަށް ހުއްޓުމެއް ނެތް؛ އިއްޔެވެސް 22 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި

ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި އީދުލް ފިޠުރުގެ ދެވަނަ ދުވަހު ވެސް މަދުވެގެން 22 ފަލަސްތީނުން ޝަހީދުވެއްޖެއެވެ.

އެގޮތުން، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާގައި ޑްރޯން ހަމަލާއަކުން ދެ މީހުން ޝަހީދުވިއެވެ. އަދި މެދު ޣައްޒާގައި ވަކިވަކި ދެ ހަމަލާއެއްގައި އިތުރު ފަސް މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ދެއިރުލް ބަލަޙްގައި ދިން ހަމަލާއަކާއި ނުސެއިރާތު ރެފިއުޖީ ކޭމްޕުގެ ހުޅަނގު ފަރާތުގައި ދިން ހަމަލާއެއް ހިމެނެއެވެ.

މީގެ އިތުރުން އަލް-މަޣާޒީ ރެފިއުޖީ ކޭމްޕުގެ އިރުމަތީގައި އިސްރާއީލުގެ ޑްރޯން ހަމަލާއަކުން ތިން ދަނޑުވެރިން ޝަހީދުވެފައިވާ ކަމަށް ހެކިން ބުނެއެވެ.

ދެކުނު ޣައްޒާގައި ޚާން ޔޫނިސްގެ ގެއަކަށް ދިން ހަމަލާއެއްގައި ހަ މީހުން ޝަހީދުވެ، އެހެން ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި އަބަސާންގައި ނައްޖާރު ޢާއިލާގެ ގެއަކަށް ދިން ހަމަލާއެއްގައި އިތުރު ދެ މީހުން ޝަހީދުވިއެވެ.

ޚާން ޔޫނިސް ރެފިއުޖީ ކޭމްޕުގައި ވަކި ހަމަލާއެއްގައި ހަތަރު މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ.

އީދުގެ ފުރަތަމަ ދުވަހު އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 64 ފަލަސްތީނުން ޝަހީދުވިއެވެ.

މާރޗް 18 ގައި އިސްރާއީލުން ފެށި ވައިގެ ހަމަލާތަކުގައި މިހާތަނަށް 920 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 2،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

އަދި 2023 ގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް 50،200 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 114،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.