ރަޝިއާގެ ހާރިޖީ ވަޒީރުގެ ނައިބު ސާރޖީ ރިޔާބްކޯ... ފޮޓޯ: ރޮއިޓާސް
ދުނިޔެ
01 Apr 2025 | 20:57
އެމެރިކާއެއްކަމަކު އީރާނަށް ބިރުދައްކައި އިންޒާރުދީގެން ނުވާނެ: ރަޝިއާ

އެމެރިކާއެއްކަމަކު އީރާނަށް ބިރުދައްކައި އިންޒާރުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރަޝިއާގެ ހާރިޖީ ވުޒާރާގެ ނައިބު ސާރޖީ ރިޔާބްކޯ ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ޖާނަލްއަކަށް ދެއްވި ބަސްދީގަތުމެއްގައި ސާރޖީ ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް އެމެރިކާއިން އެޤައުމަށް ބިރުދައްކައި އިންޒާރުދޭދިނުން ބަލައެއް ނުގަނެވޭނެކަމަށާއި އެކަން ނިހާޔަތަށް ކުށްވެރިކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ފަނާކުރަނިވި ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް ތެހެރާނަށް ހަމަލާއެއް ދީފިނަމަ އެމެރިކާއަށް އެކަމުގެ ނަތީޖާ އެހާ ރަނގަޅު ނުވާނޭކަމަށެވެ.

އީރާނާ ރަޝިއާ އާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފަށާފައިވާއިރު، ދެ ޤައުމުގެ އިސް ފަރާތްތަކުގެ ވާހަކަތައް ހުންނަ ގޮތުން ހީވަނީ ދެންމެ ދެންމެ ހަމަލާތައް ބަދަލުކޮށްފާނެހެންކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ. މީޑިއާގެ ބައެއް ހަބަރުތައް ބުނާގޮތުގައި އެމެރިކާއިން މިހާރުދަނީ މެދުއިރުމައްޗާއި އޭޝިއާ ސަރަހައްދުގައި ޤާއިމްކޮށްފައިވާ އެޤައުމުގެ މިލިޓަރީ ބޭސްތައް ވަރުގަަ ކުރަމުންނެވެ. އޭގެ އެއް ބޭނުނަމީ ދީފާނެ ހަމަލާއަކުން ނުވަތަ ހަމަލާއެއް ދޭން ޖެހިއްޖެނަމަ އެކަމަށް ތައްޔާރުވެފައި އޮތުމެވެ. 

އެމެރިކާއިން އީރާނަށް އިންޒާރުދީފައި ވަނިކޮށް އީރާނުން ވަނީ، އެޤައުމުންދޭ އިންޒާރަށް ނުސިހޭނޭކަމަށް ބުނެފައެވެ. މީގެ އިތުރުން ހަމަލާދޭން ޖެހިއްޖެނަމަ އެކަންވެސް ކުރާނޭކަމަށް އީރާނުން ވަނީ ބުނެފައެވެ. އީރާނާ އެމެރިކާއާ ދެޤައުމުގެ ކޯޅުންތައް މީގެ ކުރިންވެސް އެކި ފަހަރުމަތިން ފެނިގެން ގޮސްފައިވާއިރު، އެމެރިކާއިން ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަނުމަކީ އެޤައުމުގެ ރައްޔިތުންގެ މެޖޯރިޓީ ބޭނުންވާގޮތް ނޫންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.