ޣައްޒާގެ ބޭކަރީތައް ބަންދު ކޮށްފައި: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
02 Apr 2025 | 10:00
ޣައްޒާގައި ފުށް ހުސްވެ، ބޭކަރީތައް ބަންދުކުރަން ޖެހިއްޖެ

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަގުތައް ބަންދު ކުރުމުގެ ސަބަބުން ކާބޯތަކެތީގެ ތަކެތި ހުސްވަމުންދާ ކަމަށާއި، ފުށް ނެތުމުގެ ސަބަބުން ހުރިހާ ބޭކަރީތަކެއް ބަންދުކުރަން ޖެހިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުން ގާޒާގެ ބޯޑަރުތައް ބަންދުކޮށްފައިވާތާ 31 ދުވަސް ވެއްޖެއެވެ. މިއީ މި ޤަތުލްޢާއްމު ފެށުނު ފަހުން އެންމެ ދިގު މުއްދަތަށް ބޯޑަރުތައް ބަންދުކޮށްފައިވާ ފަހަރެވެ. މި މުއްދަތުގައި ކާނާ، ރޮށި، ފުށް، ބޭސް، ތެޔޮ އަދި ކައްކާ ގޭސް ފަދަ އެއްވެސް އެއްޗެއް ޣައްޒާގެ އެތެރެއަށް ވެއްދިފައި ނުވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. 

ޣައްޒާގެ ބޭކަރީތައް ބަންދު ކޮށްފައި: ފޮޓޯ/ އަލްޖަޒީރާ

އޭގެ ސަބަބުން ކާބޯތަކެތި ލިބުމުގައި ދިމާވެފައިވާ ދަތިތަކާއެކު ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސްއިން ވަނީ އިންޒާރުދީފައެވެ. އަދި ޣައްޒާގައި ކާނާ ފުދޭވަރަށް ހުރި ކަމަށް އިސްރާއީލުން ބުނާ ބުނުމަކީ "މަލާމާތެއް" ކަމަށް އދ. އިން ބުނެފައިވެއެވެ.

ޣައްޒާގެ ބޭކަރީތައް ބަންދު ކޮށްފައި: ފޮޓޯ/ އަލްޖަޒީރާ

އިސްރާއީލުގެ ހަމަލާތަކުގައި އަންގާރަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކުން މަދުވެގެން 21 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި އުތުރު ޣައްޒާގެ ބައިތް ހަނޫން، ބައިތް ލަހިޔާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އިސްރާއީލުގެ ސިފައިން އަމުރުކޮށްފައިވެއެވެ.

މި ދަނޑިވަޅުގައި، ހިއުމަން ރައިޓްސް ވޮޗް އާއި އެހެނިހެން ޖަމްޢިއްޔާތަކުން ވަނީ އިސްރާއީލުގެ ބެންޖަމިން ނެތަންޔާހޫ ހަންގޭރީއަށް ޒިޔާރަތްކުރާއިރު، އޭނާ ހައްޔަރުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އަމުރަށް ތަބާވުމަށް ހަންގޭރީއަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ