ޣައްޒާގެ ކުޑަކުދިން ތަކެއް؛ ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
04 Apr 2025 | 15:45
ޣައްޒާގައި 39،000 އަށްވުރެ ގިނަ ކުދިންގެ މަންމަ ނުވަތަ ބައްޕަ ވަނީ ޝަހީދުކޮށްލާފައި: ރިޕޯޓް

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލު ޢާއްމުގެ ސަބަބުން 39،000 އަށްވުރެ ގިނަ ފަލަސްޠީނު ކުދިންގެ މައިންބަފައިން ގެއްލިފައިވާކަމަށް ފަލަސްޠީނު ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

ފަލަސްޠީނު ކުޑަކުދިންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން 534 ދުވަސް ވެގެން ގޮސްފައިވާއިރު، އެ ހަމަލާތަކުގެ ސަބަބުން 39،384 ކުދިން މައިންބަފައިންގެ ތެރެއިން އެކަކު ނުވަތަ ދެމީހުން ޝަހީދުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 17،000 އަށްވުރެ ގިނަ ކުދިންގެ މަންމަ އާއި ބައްޕަ ޝަހީދުވެފައިވާ ކަމަށް އެ ބިއުރޯއިން ބުނެފައިވެއެވެ.

"މި ކުދިން މިހާރު ދިރިއުޅެމުންދަނީ ވަރަށް ހިތާމަވެރި ހާލަތެއްގައި. ގިނަ ކުދިން މަޖުބޫރުވެފައި މިވަނީ ޓެންޓުތަކުގައި ނުވަތަ ހަލާކުވެފައިވާ ގެތަކުގައި ދިރިއުޅެން. އެކުދިންނަށް އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަމެއް ނުލިބޭ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 17،954 ކުދިން ޝަހީދުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި 274 އަލަށް އުފަންވި ކުދިންނާއި އެއް އަހަރުން ދަށުގެ 876 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން 17 ކުދިން ޓެންޓުތަކުގައި ފިނިވެގެން މަރުވެފައިވާ ކަމަށާއި، 52 ކުދިން ބަނޑުހައިހޫނުކަމާއި ކާނާގެ ނުލިބުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޣައްޒާގައި މިހާރު ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ސަބަބުން 60،000 ކުދިން މަރުވުމުގެ ނުރައްކަލާ ކުރިމަތިވެފައިވާ ކަމަށް އެ ބިއުރޯއިން އިންޒާރު ދީފައިވެއެވެ. އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދޭ މައިގަނޑު ބޯޑަރު ކްރޮސިންގްތައް ބަންދުކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ވަނުން މަނާވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ބުނެފައިވަނީ އިސްރާއީލުގެ ސަރުކާރުން "ގަސްތުގައި ބަނޑުހައިހޫނުކަން ކުރިމަތިކުރުވުމުގެ ސިޔާސަތެއް" ގެންގުޅެމުންދާ ކަމަށެވެ. މުޅި އެއްމަސްދުވަހަށް އެހީއާއި ފުށް ވެއްދުން ހުއްޓުވާލުމުގެ ސަބަބުން ބޭކަރީތައް ބަންދުކުރަން މަޖުބޫރުވެފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ފަލަސްޠީނު ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިތުރަށް ހާމަކޮށްފައިވަނީ ޣައްޒާއާއި ވެސްޓް ބޭންކުގައި ދިރިއުޅޭ 5.5 މިލިއަން ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 43 އިންސައްތައަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނާއި ޒުވާނުން ކަމަށެވެ.

މާރިޗު 18 ގައި އިސްރާއީލުން އަލުން ހަމަލާތައް ފެށި ފަހުން މިހާތަނަށް 1،160 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޣައްޒާގައި ޝަހީދުވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް މަދުވެގެން 50،523 މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.