ރައީސް ޑރ.މުއިއްޒު، އިނގިރޭސިވިލާތުގައި ކިޔަވަންތިބޭ ދިވެހި ކުދިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
05 Apr 2025 | 11:20
ބޭރުގައި ކިޔަވަންތިބޭ ކުދިންނަށް ފައިސާ ޖަމާވުން ލަސްވާ މައްސަލަ ހައްލުކޮށްދޭނަން: ރައީސް ޑރ.މުއިއްޒު

ރާއްޖެއިން ބޭރުގައި ކިޔަވަންތިބޭ ކުދިންނަށް ފައިސާ ޖަމާވުން ލަސްވާ މައްސަލަ ހައްލުކޮށްދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކޮށް، ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ބޭރުގައި ކިޔަވާ ކުދިންނަށް ސަރުކާރުގެ އިދާރާތަކުގެ ސަބަބުން ކުރިމަތިވާ ދަތިތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ކިޔަވާ ކުދިންގެ ލޯން ފައިސާ އާއި ޓިއުޗަންފީ ލިބުން ލަސްވުމާއި، އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކިކަންކަމުގައި ޖަވާބުލިބުން ލަސްވުން ފަދަ މައްސަލަތަކަކީ ބޭރުގައި ކިޔަވާކުދިންނަށް ކުރިމަތިވާ މައްސަލައެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން އެމަނިކުފާނުވެސް އިނގިރޭސިވިލާތުގައި 12 އަހަރު ކިޔަވަން ހުންނެވިކަމަށާއި އެމަނިކުފާނަށްވެސް އެކަން ވަރަށްރަނގަޅަށް އެނގިވަޑައިގަންނެވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ހަޔަރ އެޑިއުކޭޝަނަށް ފޮނުވާ މެއިލްތަކަށް ޖަވާބުނުލިބި ލަސްވުމަކީ ދަރިވަރުންގެ އެންމެބޮޑަށް ޝަކުވާ އަންނ ައެއް މައްސަލަކަމަށާއި، ސަރުކާރުގެ ނިޒާމުގެ ތެރެއިން އެ މައްސަލަތައް ހައްލުކޮށްދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެކަނި އިނގިރޭސިވިލާތް ނޫނަސް އެހެން ޤައުމުތަކުގައި ކިޔަވަންގޮސްތިބި ދަރިވަރުންނަށް ކުރިމަތިވާ މިފަދަ މައްސަލަތައް އެއް ހަމަޔަކުން ހައްލުކޮށްދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްޑރ.މުއިއްޒު ވިދާޅުވީ، އިނގިރޭސިވިލާތުގައި ކިޔަވަންތިބޭ ކުދިން ބޭނުންކުރަމުން އައި އިމާރާތް 9 ރޯޒްމޮންޓް އެވެނިއު އަލުން މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަނާ ހަވާލުކުރައްވާފައިވާކަމަށެވެ. އެތަނަކީ މީގެ ކުރިން ދިވެހި ކުދިން ހެޔޮއަގުގައި ކިޔަވަންތިބޭ ދިވެހި ސަރުކާރުގެ ތަނެކެވެ. ނަމަވެސް ފަހުން އެތަން ވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ބޭނުމަށް ނަގާފައެވެ. މި ބައްދަލުވުމުގަައި ރައީސް ޑރ. މުއިއްޒު ވަނީ، މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަނަށް މާލީ އެހީދެއްވަން ފައްޓަވާފައިވާކަންވެސް އިއުލާނުކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިހާރު ވަނީ ނިންމަވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.