ތޮޅީގެ ތުންގަނޑު ފަޔަށް ހެރިފައި..
ހަބަރު
08 Apr 2025 | 00:19
ފީނަނިކޮށް ޒުވާނެއްގެ ފަޔަށް ތޮޅިއެއްގެ ތުންގަނޑު ހެރިއްޖެ

ބ.އަތޮޅު ތުޅާދޫ ފަޅުތެރޭ ފީނަނިކޮށް ޒުވާނެއްގެ ފަޔަށް ތޮޅިއެއްގެ ތުންގަނޑު ހެރިއްޖެއެވެ. 

ވޮއިސްއަށް މައުލޫމާތު ހިއްސާކުރި އެރަށު މީހަކު ބުނީ، މިކަމެއް ހިނގާފައިވަނީ މީގެ ގަޑިއިރެއްހާ އިރު ކުރިން ކަމަށެވެ. ތޮޅީގެ ތުންގަނޑު ހެރުނީ ތުޅާދޫ ފަޅުތެރެއަށް މަސްހިފަންވެގެން ފީނަނިކޮށްކަމަށް އޭނާ ބުންޏެވެ. 

ތޮޅީގެ ތުންގަނޑު ފަޔަށް ހެރުމާއެކު ޒުވާނާ ވަނީ ވަގުތުން ތުޅާދޫއަށް ގެނެސްފައެވެ. ތޮޅީގެ ތުންގަނޑު ހެރިފައިވަނީ ފަލަމަސްގަނޑަށާއި ކަކޫ ކައިރިއަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. ތޮޅި ހެރުމާއެކު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ތުލާދޫ ސިއްހީމަރުކަޒަށެވެ. ނަމަވެސް އެތަނުން އެކަމަށް ފަރުވާދެވެން ނެތުމުން ފަހުން ވަނީ އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ ފައިގެ ދެ ތަނަކަށް ވަނީ ތޮޅީގެ ތުންގަނޑު ވަދެފައެވެ. އަދި ފަހުން ހެރުނުތަނަށް ވަނީ ތުންގަނޑު ބިނދިފައެވެ.

ރޭގަނޑު ފީނަން އުޅުމުގެ ތެރޭގައި މީހުންގެ ގަޔަށް ތޮޅީގެ ތުންގަނޑު ހެރުމުގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. 

މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަގޮސް އަނެއްބައި މީހުން ނުކުޅެދޭ ހާލަތަށްވެސް ގޮސްފައި އެބަހުއްޓެވެ. އެގޮތުން 2018 ވަނަ އަހަރު ލަނޑާނަގަން މޫދަށް އެރިއުޅެނިކޮށް، ނ. މާޅަންދުއަށް ނިސްބަތްވާ ޒުވާނެއްގެ ކަރަށް ތޮޅިއެއްގެ ތުންގަނޑު ހެރުމުގެ ސަބަބުން ވަނީ ނިޔާވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.