ޣައްޒާ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
09 Apr 2025 | 10:33
ޣައްޒާ އަކީ ޤަތުލުގެ މައިދާނަކަށް ހަދައިފި: އދ

ޣައްޒާ އަކީ މިހާރު "ގަތުލުގެ މައިދާނަކަށް" ވެފައިވާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ. 

ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ހަމަލާތައް ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާއިރު، އިއްޔެ އެކަނިވެސް 26 ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ. 

ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޓަރޭޒް ވިދާޅުވީ، އެތަނެއްގެ އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދިނުން އެތަނެއް ހިފައިގެން ތިބޭ ބައެއްގެ މައްޗަށް ލާޒިމް ވާ ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ޣާއްޒާގައި ނުވާ ކަމަށާ، އިންސާނީ އެހީ އެއްވެސް ވަރަކަށް ޣައްޒާއަށް އެތެރެއެއް ނުވާ ކަމަށެވެ.

"ޣައްޒާއަށް އެހީގެ ކުޑަ މިންވަރެއް ވެސް އެތެރެ ނުކުރެވި މަހަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެ. ކާއެއްޗެއް ނެތް. ތެލެއް ނެތް. ބޭހެއް ވެސް ނެތް. ވިޔަފާރީގެ ސަޕްލައިއެއް ނެތް. އެހީ މެދުކެނޑި ހުރިހާ އެއްޗެއް ހުސްވެ މިހާރު ވަނީ އަނެއްކާ އެންމެ ނުރައްކާ ހާލަތު އާންމުވުމުގެ ބިރު ބޮޑުވެފައި،" ގުޓަރޭޒް ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާ ވަނީ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ކަންކަމާމެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.  

"މިއީ އިންސާނިއްޔަތުކަން ނެތިގެން ދިއުން ނިމުމަކަށް ގެންނަންވީ ވަގުތު. ރައްޔިތުން ހިމާޔަތްކުރުމުގެ ވަގުތު. ރަހީނުން ދޫކޮށްލުމުގެ ވަގުތު. ފުރާނަ ސަލާމަތްކުރުމުގެ އެހީ ފޯރުކޮށްދިނުމުގެ ވަގުތު. އަދި ހަނގުރާމަ ހުއްޓާލުމުގެ މުއާހަދާ އައުކުރުމުގެ ވަގުތު"ގުޓަރޭޒް ވިދާޅުވިއެވެ.

"އެހީތެރިކަން ހުއްޓިފައިވާ މި ވަގުތު، ބިރުވެރިކަމުގެ ދޮރުތައް އަލުން ހުޅުވިއްޖެ. ޣައްޒާއަކީ ޤަތުލުގެ މައިދާނެއް " އޭނާ އިތުރުކުރެއްވިއެވެ.

ޑޮކްޓަރސް ވިތައުޓް ބޯޑަރސް އިން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާއެއް އެ ޖަމްޢިއްޔާގެ ކްލިނިކަކާ ކައިރިއަށް ވެސް އަމާޒުވި ކަމަށެވެ. މި ކްލިނިކް ހުރީ ރައްކާތެރި ސަރަޙައްދެއް ނުވަތަ ”ސޭފް ޒޯން“ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދު ކަމަށްވާ އަލް-މަވާސީ ގައެވެ.

މީގެ އިތުރުންވެސް، އިޒްރޭލުގެ ބާރުތަކުން ޚާން ޔޫނިސްގައި ހުރި ހިލޭސާބަހަށް ކާންދޭ ބަދިގެއަކަށް ހަމަލާދީފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. 

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާއްމުގައި މަދުވެގެން 50,810 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ކަށަވަރުވެފައިވެއެވެ. އަދި 115,688 މީހުން ޒަޚަމްވެފައިވެއެވެ. ސަރުކާރުގެ މީޑިއާ އޮފީހުން ޝަހީދުވި މީހުންގެ އަދަދު 61,700 އަށް އަޕްޑޭޓްކޮށްފައިވެއެވެ. މި އަދަދުގައި ހިމެނެނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ތެރޭގައި ގެއްލިފައިވާ މީހުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.