މައިކްރޮސޮފްޓާ ދެކޮޅަށް އިހްތިޖާޖު ކޮށްގެން ވަޒީފާއިން ވަކިކުރި ދެ މުވައްޒަފުން: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
09 Apr 2025 | 11:49
ފަލަސްޠީނަށް ތާއީދުކޮށް އިހުތިޖާޖުކުރި މައިކްރޮސޮފްޓުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ފަލަސްޠީނަށް ތާއީދުކޮށް އިހުތިޖާޖުކުރި މައިކްރޮސޮފްޓުގެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ. 

މައިކްރޯސޮފްޓުގެ 50 އަހަރު ފާހަގަކުރުމުގެ ޙަފްލާގައި، އެ ކުންފުނީގެ ދެ މުވައްޒަފަކުވަނީ ކުންފުނިން އިސްރާއީލުގެ ސިފައިންނާ ގުޅުން ބާއްވާތީ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. 

އެގޮތުން، މައިކްރޯސޮފްޓުގެ އޭއައި ޑިވިޜަންގައި މަސައްކަތްކުރި އިބްތިހާލް އަބޫސާދު ވަނީ، ކުންފުނީގެ ސީއީއޯ މުސްޠަފާ ސުލައިމާންގެ މުހިންމު ތަޤުރީރެއް މެދުކަނޑުވާލައި، އޭނާއަކީ "ޤަތުލްޢާއްމުގެ ފައިދާ ނަގާ މީހެއް" ކަމަށް ބުނެ، ކުންފުނިން "ނަސްލު ނައްތާލުމަށް ބާރުދޭ" ކަމަށް ތުހުމަތުކޮށްފައެވެ. އެއާއެކު އިބްތިހާލް ވަނީ އެ ވަގުތުން ވަޒީފާއިން ވަކިކޮށްފައެވެ.

މީގެ އިތުރުން، ވަނިޔާ އަގްރަވާލް ވެސް ކުންފުނީގެ ސީއީއޯ ސަތްޔާ ނަދެއްލާގެ ސެޝަނެއްގައި އިހުތިޖާޖުކުރިއެވެ.

އޭނާ އެ ކުންފުނިން އިސްތިޢުފާ ދިނުމަށް ހުށަހަޅާފައި ވާއިރު، މައިކްރޯސޮފްޓުން ވަނީ އޭނާގެ ވަޒީފާ ނިމުމަކަށް ގެނައުން އަވަސްކޮށް ވަގުތުން ވަޒީފާއިން ވަކިކޮށްފައެވެ. އަދި، އޭނާގެ އަމަލަކީ ނޭދެވޭ އަދި ހަމަޖެހުން ގެއްލޭފަދަ އަމަލެއް ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.