މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
09 Apr 2025 | 14:16
ގަޕޯގެ ފާޑުކިޔުން މިފަހަރު އަމާޒުވީ އޭސީސީ އާއި އޮޑިޓް އޮޮފީހަށް!

ސަރުކާރުގެ ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާއަށް ހުރިއިރު، އެކަންކަން ހުއްޓުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޒިއްމާތަށް އަދާކުރަމުން ނުދާތީވެ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެ ދެ މުއައްސަސާއަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް މިއަދު ޤައުމުގައި ވަރަށްބޮޑަށް އިތުރުވެފައިވާކަމަށާއި، އެގޮތުން ކޮރަޕްޝަން ހިންގުމަކީ ޖެހިލުންނުވާ އަދި ލަދު ނުގަންނަ ކަމަކަށް ވެފައިވާކަށް ގަޕޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދިޔަ 15 އަހަރުދުވަހުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލެއް މީހެއްގެ މައްޗަށް ސާބިތުވެ ހުކުމް ތަންފީޒު ކުރެވިފައިނުވާކަމަށާއި، މިގޮތުން އެފަދަ މައްސަލައެއްގައި ކޯޓަށް ދިޔަނަމަވެސް ސާބިތުނުވުމަކީ މިއަދު އާއްމުކަމެއް ކަމަށެވެ.

" އެންމެނަށްވެސް އެބަ އިނގޭ ހުރިހާ ސަރުކާރުތަކަކުންވެސް މިތަނުގައި ކޮރަޕްޝަން އެބަ ހިންގާކަން. އެކަމު ކޯޓާ ހިސާބުން ހުކުމެއް އަންނާނެ ގޮތެއް އަދި ނެތް. އަޅުގަނޑުމެން މިހާރު މިތިބީ ކޮރަޕްޝަނަށް ބައްޓަންކޮށްފައި އޮތް ނިޒާމެއްގެ ތެރޭގައި. އެހެންނޫންނަމަ އޮޑިތަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓާއި އޭސީސީގެ ރިޕޯޓްތަކުން ކޯޓަށްދާ މައްސަލަތައް ސާބިތުކުރެވެން ޖެހޭނެ. އެކަމެއް ނުވޭ" ގަޕޯ ވިދާޅުވިއެވެ.

މުއައްސަސާތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސަް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެވިގެންދާއިރު، ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައި ކަންކަން ތަންފީޒުނުކުރެވޭކަން ގަޕޯ ފާހަގަކުރެއްވިއެވެ. ކޮރަޕްޝަނުގެ ކަންކަން މިހާރު ހުރިވަރުން ދައުލަތުގެ ބަޖެޓްގެ 30 އިންސައްތަ ފައިސާ ހޭދަވަނީ ކޮރަޕްޝަނުގެ ގޮތުގައި ކަމަށްވެސް ގަޕޯ ވިދާޅުވިއެވެ.

ގަޕޯ ވިދާޅުވީ ޤައުމުގައި ހުރި މި މައްސަލަތައް ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށާއި، ޤާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް މިކަންކަން ހައްލުކުރަން ޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.