އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން... ފޮޓޯ: އެމްޓީސީސީ
09 Apr 2025 | 15:05
އުތުރުފަރާތު ބޮޑުތަކުރުފާނުމަގު 4 ލޭނު ހިމަނައިގެން ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ސަރަހައްދު 4 ލޭނު ހިމަނައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ބޮޑުތަކުރުފާނުމަގުގެ އެމްޓީސީސީ ފެރީޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް މަގު ފުޅާކޮށް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް  ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، މިއަހަރުގެ ފެބުރުއަރީމަހުގެ 27 ވަނަ ދުވަހުގެ ރޭ ވިދާޅުވެފައެވެ. އެމަގު ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ކޮޅަކަށް ދެ ލޭނު ހިމަނައިގެންނެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މި  އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއުކުރެއްވި، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.

އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން... ފޮޓޯ: އެމްޓީސީސީ

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމާރާތް ކުރުމާބެހޭ ވުޒާރާގެ ވަޒީރު މުއްތަލިބް ވިދާޅުވީ، ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން ނޯތު ހާބަރާ ހަމަޔަށް ކުރިއަށްގެންދާނޭކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާނީ ލޯކަލް މާރުކެޓާ ހިސާބަށް ކަމަށާއި، މި މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ރަނަގޅު ޕްލޭނެއްގެ ދަށުން ކަމަށެވެ. އެ ސަރަހައްދު ތަރައްޤީކުރާނީ ޓްރެފިކަށް ދަތި ނުވާނޭހެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ ވިދާޅުވީ މި މަސައްކަތް ނިންމަން ކަނޑައެޅި ތާރީހަށްވުރެ ކުރިން މަސައްކަތް ނިންމާނޭ ކަމަށާއި ބާރުބޮޑު ސަރަހައްދެއްކަމުން، އެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭކަމަށެވެ. 

އެއްބަސްަވުމުގެ ދަށުން ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓް ސަރަހައްދާ ހަމަޔަށް އޮންނަ 800 މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ދުވާރުތައް ހެދުމާއި ރޯޑްމާކިން އަދި ސައިން ބޯޑުތައްވެސް ހަރުކުރެވިގެންދާނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.5 މިލިއަން ރުފިޔާގެ އަގަކަށެވެ. މަސައްކަތް ނިންމުމަށް ދީފައިވަނީ 455 ދުވަހެވެ.

ކޮމެންޓް
ވާހިދުބެ
އަނެއްކާ ބޮޑުފާލަން ތިޖެހުނީ ނަގަންތާ. އަދި ހުޅުވިތާ ދެދުވަސްނުވޭ.
09 Apr 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.