އުރީދޫ މޯލްޑިވްސްއަށް 20 އަހަރުފުރުމުގެ މުނާސަބަތުގައި އެކުންފުނީގެ ވެރިން ބެއްވި ޕްރެސް... ފޮޓޯ: އުރީދޫ
ވިޔަފާރި
09 Apr 2025 | 16:07
އުރީދޫއިން ކޮންމެ 20 ދުވަހަކުން، ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދެނީ!

އުރިދޫ މޯލްޑިވްސްއިން ކޮންމެ 20 ދުވަހަކުން، ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފިއެވެ.

އުރީދޫއިން މިގޮތަށް ނިންމާފައިވަނީ އެކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމާ ގުޅުވައިގެންނެވެ. އުރީދޫގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު އެކުންފުނިން ވަނީ "ލިވް އަންލިމިޓެޑް" ކެމްޕެއިން ލޯންޗުކޮށްފައެވެ. މިގޮތުން އެކުންފުނިން ވަނީ ކުރިއަށްމިއޮތް އަހަރު ހިންގާނޭ ހަރަކާތްތަކާއި ކަސްޓަމަރުންނަށް ހުރި އޮފާތައް ހާމަކޮށްފައެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އުރީދޫގެ ކަސްޓަމަރުންނަށް އުމްރާ އަދި ހައްޖު ދަތުރު ލިބޭ އޮފާއެވެ. އުރީދޫއިން ވަނީ އެކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭގޮތަށް ލަކީ ޑްރޯއެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

މިގޮތުން ކަނޑައެޅިފައިވާ މުއްދަތުގައި ޖުމްލަ 19 އުމްރާ ދަތުރު އަޅުގަނޑުމެން ދޭއިރު، ލަކީޑްރޯއެއް މެދުވެރިކޮށް 2 މީހަކަށް ޙައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދެވޭނޭކަމަށް އުރީދޫއިން ބުންޏެވެ. 

މީގެ އިތުރުން އުރީދޫން އިން ވަނީ، މިއަދުން ފެށިގެން އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ހިދުމަތް ދޭން ފަށާފައެވެ.  މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރެވެ. އަދި އުރީދޫ ގުރޫޕުގެ  ފަރާތުން މި ސާވިސް ފޯރުކޮށްދެވޭ 3 ވަނަ ގައުމެވެ.

އުރީދޫއިން ބުނީ، މި ހިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި އެއަށް ފަހު މަހަކު 199 ރުފިޔާއަށް ހިދުމަތް ލިބޭނެ ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ފޯނު ބޭނުން ނުކޮށް ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެއެވެ. މި ހިދުމަތާ ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، މިހިދުމަތާއެކު އެކުންފުނީގެ ކަސްޓަމަރުންނަށް ޑިޖިޓަލް ހިދުމަތްތައް އެންމެ ފުރިހަމއަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނޭކަމަށެވެ. 

ނޫސްވެރިންގެ މި ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވަނީ މިފަހަރުވެސް މަސް ރޭހާއި، ކަލަރ ރަން ފަދަ އާއްމުންގެ އެންމ2ެ ބޮޑު ޝައުގުވެރިކަން ލިބިގެންދާ ހަރަކާތްތައް ކުރިއަށްގެންދާނޭ ކަމަށެވެ. 

އުރީދޫގެ ފަން ރަން 2 ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޑިސެމްބަރު މަހު ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީގައެވެ.

މަސް ރޭސް 3 ސަރަހައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓު މަހު މަސްރޭސް ބޭއްވިގެންދާނޭކަމަށް އުރީދުއިން ބުނެއެވެ. މީގެ އިތުރުން ވަރަށް ގިނަ ރަށްރަށުން މަސްރޭސް ބޭއްވުމުގެ ރިކުއެސްޓްތައް ލިބެމުންދާތީ، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް ބޭއްވުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނޭކަމަށްވެސް އުރީދޫއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.