ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސަކަށް އިންތިހާބު ކުރި ޝިފްލާ -- ފޮޓޯ: އަމީނާ
ހަބަރު
10 Apr 2025 | 16:31
ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސަކަށް ޝިފްލާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނާއިބު ރައީސަކަށް ޝިފްލާ އިބްރާހިމް އިންތިހާބު ކޮށްފި އެވެ.

ޝިފްލާ އެ މަގާމަށް އިންތިހާބު ކުރީ ކުރީން އެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީން މެންބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ފަޒީން އިސްތިއުފާ ދެއްވީ ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި، އާނާ މަގާމުން ވަކިކުރުމުގެ މަރުހަލާ މަޖިލީހުން ފަށާފައިވަނިކޮށެވެ.

ބްރޯޑްކޮމް އިން މިއަދު ބުނީ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް ޝިފްލާ އިންތިހާބު ކޮށްފައިވާ ކަމަށެވެ. ޝިފްލާއަށް އެ ކޮމިޝަނުން ވަނީ މަރުހަބާ ކިޔާފަ އެވެ.

ޝިފްލާ އަކީ މީޑިއާ އަދި ޖާނަލިޒަމް ކިޔަވައިގެން ހުންނެވި މި ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. ޓީވީ ޕްރަގްރާމްތައް ހޯސްޓް ކުރުމާއި ހަބަރު ކިޔުމުގައި ވަރަށް ބޮޑު މަޝްހޫރު ކަމަކާއި މަގުބޫލު ކަމެއް ވަނީ ހޯދާފަ އެވެ. ޓީވީ މޯލްޑިވްސްގެ އެންމެ ފާހަގަކޮށްލެވޭ ޕްރަގްރާމްތައް އޭނާ ހުށައެޅި އެވެ. އަދި ވަރަށް ދިގު މުއްދަތަކަށް ޓީވީ އެމްގެ ހަބަރު ކިޔެ އެވެ. ފަހުން ސަންގު ޓީވީ ގައި ވެސް ހަބަރު ކިޔާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.