ޣައްޒާގެ އަންހެނުން ތަކެއް ހިތާމަ ފާޅުކުރަނީ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
13 Apr 2025 | 10:09
ޣައްޒާއަށް ދިން 36 ޙަމަލާއެއްގައި މުޅީންވެސް ޝަހީދު ކޮށްލާފައި ވަނީ އަންހެނުންނާއި ކުޑަކުދިން

މާރިޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، 36 ހަމަލާއެއްގައި މުޅިންވެސް ޝަހީދުކޮށްލާފައުވަނީ އަންހެނުންނާއި ކުޑަކުދިންކަމަށް އދ. އިން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު، އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވީ ގާޒާގެ އެކި ކަންކޮޅުތަކަށް ދެމުމުންދާ ހަމަލާތަކުގެ ސަބަބުން "އެއްވެސް ރައްކާތެރި ތަނެއް ނެތް" ކަމަށެވެ.

"2025 ވަނަ އަހަރުގެ މާރޗް 18 އިން އޭޕްރިލް 9 އަށް، ގާޒާގެ ރިހާބިލިޓޭޝަން އިމާރާތްތަކާއި ޓެންޓުތަކަށް އިސްރާއީލުން 224 ހަމަލާ ދީފައިވޭ،" ޝަމްދަސާނީ ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

"އދ. ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ކަށަވަރުކޮށްފައިވާ މަޢުލޫމާތުގެ އެނގޭ ގޮތުން 36 ހަމަލާއެއްގައި މިހާތަނަށް ރެކޯޑުކުރެވިފައިވާ މަރުތަކުގައި ހިމެނެނީ ހަމައެކަނި އަންހެނުންނާއި ކުޑަކުދިން. އަދި ޖުމްލަ ގޮތެއްގައި، އަޅުގަނޑުމެންގެ އޮފީހުން ރެކޯޑުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މަރުވެފައިވާ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް އަކީ ކުޑަކުދިންނާއި އަންހެނުން،" އޭނާ ވިދާޅުވިއެވެ. 

ޝަމްދަސާނީ ފާހަގަކުރެއްވި ގޮތުގައި، އޭޕްރިލް 6 ގައި ދެއިރު އަލް ބަލަހުގައި ހުރި އަބޫ އީސާ ޢާއިލާގެ ރިހާބިލިޓޭޝަން އިމާރާތަކަށް ދިން ހަމަލާއެއްގައި އެއް އަންހެން ކުއްޖަކާއި، ހަތަރު އަންހެނުންނާއި، ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދުވެފައިވެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަމަލާ ނުދޭނެ ކަމަށް ބުނެ، ފަލަސްތީނުގެ މީހުންނަށް ދިއުމަށް އަންގާފައިވާ ސަރަހައްދުތަކަށްވެސް އިސްރާއީލުން ހަމަލާ ދެމުންދެއެވެ. މިގޮތުން، އިސްރާއީލުން "ހުސްކުރުމުގެ އަމުރު" ނެރެފައިވާ ސަރަހައްދުތައް އިތުރުވަމުންދާއިރު، އެ ސަރަހައްދުތަކަށްވެސް ހަމަލާ ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްރާއީލުގެ ސިފައިންގެ އަމުރަކާ އެއްގޮތަށް މީހުން ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދަށް ބަދަލުވުމަށް އެންގި ނަމަވެސް، އެ ސަރަހައްދުގައި ހުރި ޓެންޓުތަކަށް ހަމަލާ ދިނުން ކުރިއަށް ގެންދިޔަ. މާރޗް 18 އިން ފެށިގެން މިފަދަ މަދުވެގެން 23 ހާދިސާ އަޅުގަނޑުމެންގެ އޮފީހުން ރެކޯޑުކޮށްފައިވޭ،" ޝަމްދަސާނީ ވިދާޅުވިއެވެ.

ޝަމްދަސާނީ ފާހަގަކުރެއްވި ގޮތުގައި، މާރޗް 31 ގައި އިސްރާއީލުގެ ސިފައިން ގާޒާގެ އެންމެ ދެކުނުގައިވާ ރަފާ ގަވަރނޯރޭޓް އެއްކޮށް ހުސްކުރުމަށް އަމުރުކުރިއެވެ. އަދި އޭގެ ފަހުން ބޮޑު އެއްގަމު އޮޕަރޭޝަނެއް ފެށިއެވެ.

އިސްރާއީލުން ބުނެފައިވަނީ އެ ގައުމުގެ ސިފައިން ގާޒާގެ "ބޮޑެތި ސަރަހައްދުތައް" ހިފަމުންދާ ކަމަށާއި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ނެރެ، ބަފަރ ޒޯންތަކުގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.

"ބޮޑެތި ސަރަހައްދުތައް ހިފައި، އިސްރާއީލުގެ ސެކިއުރިޓީ ޒޯންތަކަށް އިތުރުކުރަމުން ގެންދަނީ. އޭގެ ސަބަބުން ގާޒާ އިތުރަށް ކުޑަވެ، އެކަހެރިވަމުންދަނީ،"

"ސާފުކޮށް ދަންނަވަންޏާ، މި ކިޔާ ހުސްކުރުމުގެ އަމުރުތަކަކީ އަސްލު ބަދަލުކުރުމުގެ އަމުރުތަކެއް. އޭގެ ސަބަބުން ގާޒާގެ އާބާދީ ކުޑަވަމުންދާ ސަރަހައްދުތަކަށް ބަދަލުވަމުންދަނީ،" ޝަމްދަސާނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދައިން މީހުން ބަދަލު ކުރުމަކީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަނާވެސް ޚިލާފު ކަމެއް ކަމަށާ އަދި އެއީ އިންސާނިއްޔަތާވެސް ދެކޮޅު ކުށެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.