ޣައްޒާގެ ދިފާއުގައި ދިވެހީން: ފެނުނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯބި
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޣައްޒާގެ މުޖާހިދުންނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ވަނީ ސައިކަލު ބުރެއް ބާއްވާފަ އެވެ. ދީނީ ޢިލްމުވެރީންނާއި ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތަކުން އިންތިޒާމު ކުރި މިއަދުގެ ސައިކަލު ބުރުގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.
ސައިކަލު ބުރު އޮތީ 4:00 އިން 6:00 އަށެވެ. ނަމަވެސް އަޟުރު ނަމާދުކޮށް ނިމުމާއެކު މީހުން ޖަމާވާން ފެށި އެވެ. ފެނުނީ ފަލަސްތީނަށް ދިވެހީންގެ ހިތްތަކުގައި އޮތް ވަރުގަދަ ލޯތްބެވެ. މިނިވަން ކަމަށް ޣައްޒާގެ މުޖާހިދުން ކުރަމުންދާ ޖިހާދަށް ދިވެހީންގެ ތާއީދާއި މަދަދު އޮތް މިންވަރެވެ.
ޣައްޒާގެ ދިފާއުގައި ދިވެހީން ދިވެހީން ބޭއްވި ސައިކަލު ބުރު: ފެނުނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތްް ލޯބި -- ފޮޓޯ: ވޮއިސް
ސައިކަލު ބުރު ކުރިއަށް ގެންގޮސްފައި ވަނީ މާލޭގެ އެންމެ މުހިންމު ދެ މަގުގަ އެވެ. އެއީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. މާލޭގެ ރަސްފަންނު ސަރަހައްދުން ފެށި ސައިކަލު ބުުރު މަޖީދީމަގުން އެއްކޮޅުން އަނެއް ކޮޅަށް ކުރިއަށް ގެންގޮސް ބޮޑުތަކުރުފާނުން އައިސް ނިންމާލީ ރަސްފަންނު ސަރަހަައްދަަށެވެ.
މިއަދުގެ ހަރަކާތުގައި ބައިވެރިވި ގިނަ މީހުން ތިބީ އެ ހަރަކާތަށް ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. ފަލަސްތީން ރަމްޒު ކޮށްދޭ ކޮންމެވެސް ޝިއާރެއް ނުވަތަ އެއްޗެއް ހިފައިގެންނެވެ. ފަލަސްތީނުގެ ދިދައާއި ފަލަސްތީނުގެ މިނިވަން ކަމުގެ ހަރަކާތް ރަމްޒު ކޮށްދޭ ޝޭޝްތައްް އަޅައިގެންނެވެ.
ޣައްޒާގެ ދިފާއުގައި ދިވެހީން ދިވެހީން ބޭއްވި ސައިކަލު ބުރު: ފެނުނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތްް ލޯބި -- ފޮޓޯ: ވޮއިސް
އަދި އިޒްރޭލްގެ އުދުވާން ކުށްވެރިކޮށް ލިޔެފައިވާ އެކި ޝުއޫރުތައް ހިމެނޭ ބޯޑްތަކާއި ފޮތިގަނޑުތަކުގެ އިތުރުން އިޒްރޭލްގެ ހައްދެއް, އިންސާނިއްޔަތު ކަމެއް ނެތް ޖަރީމާތައް ރަމްޒުކޮށްދޭ ތަކެތިވެސް ސައިކަލު ބުރުގެ ބައިވެރީން ބޭނުން ކޮށްފައިވެ އެވެ.
އާންމުން ގޮވާލީ އިޒްރޭލްގެ މީހުން ރާއްޖެ އައުން މަނާކޮށްދޭށެވެ. އަދި އެ މީހުންނާއި އެ ގައުމާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލުމަށް އިސްލާމީ ގައުމުތަކާއި ބައިނަލްއަގްވާމީ ދުނިޔެއަށް ރާއްޖެއިން ގޮވާލުމެވެ. އިޒްރޭލްގެ ޖަރީމާތަކާއި ދެކޮޅަށް މިހާރަށް ވުރެ ހަރު އަޑުން ވާހަކަ ދެއްކުމަށެވެ.
ޣައްޒާގެ ދިފާއުގައި ދިވެހީން ދިވެހީން ބޭއްވި ސައިކަލު ބުރު: ފެނުނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތްް ލޯބި -- ފޮޓޯ: ވޮއިސް
އިޒްރޭލްގެ ޕާސްޕޯޓް މަނާކޮށް ރާއްޖެ އޮތީ ފަލަސްތީނާ އެކުކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭށެވެ.
ސައިކަލު ބުރަށް ފަހު ބައެއް އިލްމުވެރީން ވަނީ ވާހަކަ ދައްކާފަ އެވެ. އިލްމުވެރީން ވަނީ ފަލަސްތީނު ބިމުގެ ހަގީގީ ވަޒަންވެރިންނަކީ ކޮބައިކަމާއި އެ ބިމާއި މުސްލިމުންނާއި ހުރި ގުޅުން ސާފުކޮށްދީފަ އެވެ. އެ ބިމުގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭ ސަބަބުތަކާއި މުޖާހިދުންނަށް ހިތްވަރު ދީ އެ މީހުންނާއެކު ތިބެން ޖެހޭ ސަބަބުތައް ވެސް ވިދާޅުވެ ދެއްވި އެވެ.
ޣައްޒާގެ ދިފާއުގައި ދިވެހީން ދިވެހީން ބޭއްވި ސައިކަލު ބުރު: ފެނުނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތްް ލޯބި -- ފޮޓޯ: ވޮއިސް
މީގެ އިތުރުން ފަލަސްތީނަށް އަމާންކަން ދެއްވާ ޣައްޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ހާއްސަ ދުއާއެއް ކުރުން ވެސް އޮތެވެ. އެ ދުއާ އިން އެތައް ބަޔަކު ރޮއްވާލި އެވެ. ދިވެހީންގެ ހިތްތަކުގައި މުޖާހިދުންނަށް ނަސްރު ދެއްވުން އެދޭ މިންވަރު ހާމަވި އެވެ.
"ވޮއިސް" އާ ވާހަކަ ދެއްކި ސައިކަލު ބުުރުގެ ބައިވެރީން ބުނީ ފަލަސްތީނުގެ މައްސަލަ އަކީ އެ މީހުންގެ ހިތާއި އެންމެ ކައިރީގައިވާ މައްސަލަ ކަމަށެވެ. އަދި މުސްލިމުންނަށް މިވަގުތު އެންމެ މުހިންމީ ފަލަސްތީނުގެ މައްސަލަ އިންސާފުވެރިކޮށް ނިމިގެން ދިއުން ކަމަށެވެ.
ޣައްޒާގެ ދިފާއުގައި ދިވެހީން ދިވެހީން ބޭއްވި ސައިކަލު ބުރު: ފެނުނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތްް ލޯބި -- ފޮޓޯ: ވޮއިސް
އެކަމަށްޓަކައި އުންމަތް އެއްބައިވުމުގެ މުހިންމުކަން އިލްމުވެރީން ފާހަގަ ކުރެއްވި އެވެ. އަދި އިލްމުވެރީން ވަނީ ހުރިހާ ނަމާދެއްގަ އާއި ވީހާވެސް ގިނައިން ފަލަސްތީނަށް ނަސްރަށް އެދި ދުއާ ކުރުމަށް އެދިފަ އެވެ.
ފަލަސްތީނުގެ ހާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ވެވުނު މިންވަރަކުން އެހީތެރިވުމުގައި ދެމި ތިބުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.
ޣައްޒާގެ ދިފާއުގައި ދިވެހީން ދިވެހީން ބޭއްވި ސައިކަލު ބުރު: ފެނުނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތްް ލޯބި -- ފޮޓޯ: ވޮއިސް
މިއަދުގެ ހަރަކާތު ގައި ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ވިދާޅުވީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޣައްޒާގެ މުޖާހިދުންނަށް ތާއީދު އޮތްކަން ހާމަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ހަރަކާތްތަކުގައި މިއަދުގެ ސައިކަލު ބުުރުގައި ބައިވެރިވި ފަދައިން ބައިވެރިވުމަށް އެދިފައިވެ އެވެ.
އަދި އެދުނީ އިޒްރޭލަށް ވާގިވެރިވެވޭނެ ހުރިހާ ކަމަކުން ދުރުވުމަށެވެ. އެ މީހުންނާއި ދެކޮޅުވުމާއި އެ މީހުންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލި އެވެ.
ޣައްޒާގެ ދިފާއުގައި ދިވެހީން ދިވެހީން ބޭއްވި ސައިކަލު ބުރު: ފެނުނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތްް ލޯބި -- ފޮޓޯ: ވޮއިސް
ފަލަސްތީނަށް އެހީތެރިވުމާއި ފަލަސްތީނުގެ މިނިވަން ކަމަށް އަޑުއުފުލުގައި ދިވެހީންނަކީ އަބަދުވެސް ނަމޫނާ ބައެކެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް އެ މައްސަލަ އަށް ދެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ދިވެހީންގެ ހިތްތަކާއި އެންމެ ކައިރި މައްސަލައަކަށް ފަލަސްތީން މައްސަލަ ވި އެވެ. އެ ދުވަހުން ފެށިގެން ފަލަސްތީނާއެކު ތިބުމުގައި މުޅި ދުނިޔޭގައި ވެސް ދިވެހީންނަކީ އެންމެ ބޮޑު ނަމޫނާ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists